އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކޮންމެ އަހަރަކު ބާއްވާ ރޯދަ ސޭލް މިއަހަރު ވެސް ބޮޑެތި ޑިސްކައުންޓްތަކާއެކު ފަށައިފިއެވެ.
މި ސޭލް ފައްޓަވައިދެއްވީ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުޙައްމަދު އީމާން އަދި ވެލިގާ ހާޑްވެއަރގެ ޑިރެކްޓަރ އަލްފާޟިލް ޒައިދު މުޙައްމަދެވެ.
މި ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ލިބޭ ޚާއްސަ ޑިސްކައުންޓްތަކުގެ ތެރޭގައި ނިޕޯން ޕެއިންޓުން %20 އަދި މަކިޓާގެ ޕްރޮޑަކްޓްތަކުން %50 ގެ ޑިސްކައުންޓް ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
މިއަހަރުގެ ރޯދަ ސޭލްގެ އެންމެ ޚާއްސަ ކަމަކީ ވެލިގާ ހާޑްވެއަރ ފަދަ ޕާޓްނަރެއް ނިޕޯން ޕެއިންޓްގައި ބައިވެރިވުން ކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ. އަދި މި ސޭލްގެ ބޮޑު އިނާމުގެ ގޮތުގައި، ދެ ލައްކަ ރުފިޔާގެ އަގުހުރި މުދާ ކޮންމެވެސް އެއް ނަސީބުވެރިއަކަށް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކުގެ އިތުރުން ވެލިގާ ހާޑްވެއަރގެ އައުޓްލެޓްތަކުގައި އަދި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ.









