މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވަނީ ޤަވާޢިދާއި ޚިލާފަށްކަމަށް އެ ޕާޓީން ބުނެފިއެވެ.
އެ ޕާޓީގެ ރައީސް އަޙްމަދު ފާރިޝް މައުމޫން ސޮއިކުރައްވައި އީސީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެމްއާރްއެމް އަށް 3،000 މެންބަރު ހަމަވިޔަ ނުދިނުމަށް އީސީގެ ކުރީގެ ދެ މެންބަރަކާއި މިހާރުވެސް ކޮމިޝަންގައި އިންނެވި މެންބަރަކު މަސައްކަތް ކުރައްވާފައިވާކަން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ރިޕޯޓަކުންވެސް އެނގެން އޮތްއިރު އަދި މައްސަލައިގައި އީސީގެ މެންބަރުންތަކެއް މަޤާމުން ވަކިކޮށްފައިވާތީ އެމްއާރްއެމްއާއި މެދު އީސީން އަމަލުކޮށްފައިވާ ގޮތް އަލުން ތަޙުޤީޤު ކުރުމަށް ފަހު ގާނޫނާއި އެއްގޮތަށް އަމަލުކުރުމަށް ގޮވާލާކަމަށެވެ.
އެމްއާރްއެމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި ޕީޕީއެމް ދެކަފިވެ އުފަންވި ޕާޓީއެކެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމު ކުރި ހިސާބުތައް ދައްކާ ގޮތުން އެމްއާރުއެމްގައި ތިބީ 1،867 މެމްބަރުންނެވެ.









