ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އީ-ފާސް މެދުވެރިކޮށް ރެޖިސްޓްރީވެވޭ ގޮތް ހެދުމާއި ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއެކު މަޝްވަރާކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގައި އީ-ފާސް ބޭނުންކޮށްގެން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ގޮތް ހަދައިފިނަމަ، ޕާޓީތަކަށާއި އާންމުންނަށް ދިމާވެދާނެ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި އީ-ފާސްގެ ތެރެއިން ޕާޓީތަކުގައި ރެޖިސްޓްރީވެވޭ ޕޯޓަލް މިހާރު ޑިޒައިންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަށް މެންބަރުން ދަފްތަރުކުރުމުގައި އީ-ފާސް ބޭނުންކުރުމާ ގުޅޭޮތުން، ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ އިސްބޭފުޅުންނާއެކު، ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން @ncitmv pic.twitter.com/MLWnQKOFcN
— Elections Commission (@ElectionsMv)ސިޔާސީ ޕާޓީތަކަށް މެންބަރުން ދަފްތަރުކުރުމުގައި އީ-ފާސް ބޭނުންކުރުމާ ގުޅޭޮތުން، ނެޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޮލޮޖީގެ އިސްބޭފުޅުންނާއެކު، ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން @ncitmv pic.twitter.com/MLWnQKOFcN
?ref_src=twsrc%5Etfw">February 2, 2025
އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރެޖިސްޓްރީވާން އެދި ހުށައެޅޭގޮތަށް ހެދުމަށެވެ. މިއާ ގުޅިގެން، މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޕާޓީތަކަށް ވަނުމަށް އެދި ހުށައަޅާ ކަރުދާސް ފޯމު ބަލައިގަތުން އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްޓާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ބަދަލު ގެނައުމުން މީހާއަށް ނޭނގި އެކި ޕާޓީތަކަށް ވައްދާ މައްސަލަ ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އަދި ޕާޓީތަކުގެ ދަފްތަރުގެ ޞައްހަކަން އިތުރަށް ކަށަވަރުކުރެވޭނެކަމަށްވެސް އީސީން ބުންޏެވެ.









