މޯލްޑިވިއަން އެއާލައިންގެ ބުކިން ސިސްޓަމަށް މިއަދު ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ވެއްޖެއެވެ،
އެ ކުންފުނިން ދެމުންދާ ޚިދުމަތްތަކަށް ވަގުތުކޮޅަކަށް ބުރޫ އަރާފައިވާ ކަމަށް މޯލްޑިވިއަންއިން މިއަދު ހާމަކޮށްފައި ވެއެވެ.
އޭރު އެ ލުންފުނިން ބުނެފައިވަނީ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ އަދި މައްސަލަ ހައްލުކުރެވެންދެން، ފްލައިޓްތަކަށް ބުކިން ހެދުމަށް އެ ކުންފުނީގެ ހޮޓްލައިން 1671 މެދުވެރިކޮށް ގުޅުމަށް އާންމުންނަށް އަންގާ ކަމަށެވެ.
މޯލްޑިވިއަނުން ބުނީ ކުރިއެކޭ އެއްގޮތަށް މިހާރު ފަސޭހަ ކަމާއެކު ބުކިންގ ހެއްދޭނެ ކަމަށެވެ.









