އިފުރު އައިލެންޑް ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ސްނޯކްލިން އަށް ގޮސް އުޅެނިކޮށް އެ މީހާ ގެއްލުނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ އިންޑިއާގެ މީހެއް ކަމަށްވާ އަފްތާބް ހާން އެވެ.
ފުލުހުން ބުނީ އެ އިދާރާ އާއި އެމްއެންޑީއެފް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އޭނާ ފެނިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ޓޫރިސްޓުން ގެއްލުމުގެ ހާދިސާތަކާއި ގެނބިގެން މަރުވުމުގެ ހާދިސާތަކާއި ކަނޑުމަތީގެ ނުރައްކާތެރި އެކި ހާދިސާތައް މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.









