މާރަންދޫގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

އަައިޝަތު ޒީނާ | 372 ދުވަސް ކުރިން - 29 ޖެނުއަރީ 2025 14:40
މާރަންދޫގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: ރައީސް އޮފީސް
މާރަންދޫގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މާރަންދޫގައި އޭޓީއެމް ބެހެއްޓުމަށް އެއްބަސްވެފައިވާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައި.

ހއ. މާރަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ބެހެއްޓުމަށް އެރަށު ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތި އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާރަންދޫއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސް.އެމް.އީ ބޭންކިންގ މުޙައްމަދު ޝަރީފެވެ. އަދި މާރަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން އެވެ.

މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢާއެކު ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ރާވާފައެވެ.

މާރަންދޫގައި އޭޓީއެމް ބެހެއްޓުމަށް އެއްބަސްވެފައިވާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިހާރު ބީއެމްއެލް އިން ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ފޯރުކޮށްދެމުން ދެއެވެ. އަދި މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާކަމަށް ބޭންކުން ބުންޏެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%