ދެކުނު ކޮރެއާ ފުލައިޓެއް އަނެއްކާވެސް ރޯވެ 30 އަހަރުގައި ބޮޑެތި 15 އެކްސިޑެންޓް

ޖަވާދު | 305 ދުވަސް ކުރިން - 29 ޖެނުއަރީ 2025 11:30
ޚުލާސާ

އެކްސިޑެންޓްތަކުގެ ސަބަބުން ދެކުނު ކޮރެއާ ސަރުކާރުން ވަނީ ހުރިހާ އެއާލައިންތަކެއްގައި ވެސް ކުއްލި ސޭފްޓީ އިންސްޕެކްޝަންތައް ފަށާފަ.

ދެކުނު ކޮރެއާގައި އަނެއްކާ ވެސް ފުލައިޓެއްގައި ރޯވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިއީ މިދިޔަ 30 އަހަރު ތެރޭގައި އެޤައުމުގައި ހިނގި އޭވިއޭޝަން އެކްސިޑެންޓްތަކުގެ ނުރައްކާތެރި 15 ވަނަ ހާދިސާއެވެ.

މިފަހަރު އެކްސިޑެންޓްވީ ބޫސާންގެ ގިމްހާއީ އިންޓަނޭޝަނަލް އެއާޕޯޓް އިން އުދުހުމުގެ ކުރިން އެއާ ބުސާން މަތިންދާބޯޓެއްގައެވެ.

ހޮންކޮންގަށް ދަތުރުކުރި ފްލައިޓު ގައި 176 މީހުން ތިބިއިރު، އެއްވެސް މީހަކު މަރު ނުވެ ސަލާމަތްވީތީ އޭވިއޭޝަނުން އެކަން ފާހަގަކުރި ނަމަވެސް ތިން މީހަކަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު އެ ޤައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުން ކަމަށް ޚަބަރުތައް ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު 29، ގައި ޖެޖޫ އެއާ ބޯޓުގައި ރޯވެ 179 މީހުން މަރުވި ހާދިސާ ހިނގިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. މިއީ ދެކުނު ކޮރެއާގެ އެންމެ ނުރައްކާތެރި އޭވިއޭޝަން ކާރިސާ އެވެ.

ވޭތުވެދިޔަ 30 އަހަރު ތެރޭގައި ދެކުނު ކޮރެއާގައި ނުރައްކާތެރި 15 ބޮޑެތި އޭވިއޭޝަން އެކްސިޑެންޓް ރެކޯޑްކޮށްފައިވާއިރު، އޭގެ ތެރޭގައި 1997 ވަނަ އަހަރު ގުއާމް ގައި ހިނގި ކޮރެއަން އެއާ އެކްސިޑެންޓާއި، 2002 ވަނަ އަހަރު އެއާ ޗައިނާ ބޯޓު ވެއްޓުނު އެކްސިޑެންޓް ހިމެނެއެވެ 129 މީހުން މަރުވިއިރު، އެންމެ ފަހުން ހިނގި އެކްސިޑެންޓްތަކުގެ ސަބަބުން ދެކުނު ކޮރެއާ ސަރުކާރުން ވަނީ ހުރިހާ އެއާލައިންތަކެއްގައި ވެސް ކުއްލި ސޭފްޓީ އިންސްޕެކްޝަންތައް ފަށާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%