ތިލަދުންމަތީ އުތުރުބުރީ މުރައިދޫގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ. މި މަރުކަޒުގެ ބިންގާ އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުރައިދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
މީގެ ކުރިން، މި މަހުގެ 21 އިން 23 އަށް ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވެސް ދެ ރަށެއްގައި ފުލުހުންގެ މަރުކަޒުގެ އިމާރާތުގެ ބިންގާ އަޅާފައިވެއެވެ. އެއީ މާކުރަތާއި އިންނަމާދޫގައި ޤާއިމްކުރާ ޕޮލިސް އިމާރާތުގެ ބިންގަލެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.