Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރު މާރުކުރެވޭ ޕްލެޓްފޯމެއް ބީއެމްއެލް އިން ތައާރަފްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރު މާރުކުރެވޭ ޕްލެޓްފޯމެއް ބީއެމްއެލް އިން ތައާރަފްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
590 ދުވަސް ކުރިން - 28 ޖެނުއަރީ 2025 11:18
ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރު މާރުކުރެވޭ ޕްލެޓްފޯމެއް ބީއެމްއެލް އިން ތައާރަފްކޮށްފި
ޚުލާސާ

އައު ޕްލެޓްފޯމް މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބޭރުފައިސާ މާރުކުރެވޭނެ ކަމަށް ބީއެމްއެލް ހާމަކުރި.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރު މާރުކުރެވޭ އޮންލައިން ޕްލެޓްފޯމެއް ތައާރަފް ކޮށްފިއެވެ. މި ޕްލެޓްފޯމަކީ ފޮރިން ކަރަންސީ އެކްޓް އަދި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަންއާއި އެއްގޮތްވާ ގޮތުގެ މަތިން ތައާރަފްކޮށްފައިވާ ޚިދުމަތެކެވެ.

ބީއެމްއެލްއިން ބުނީ، މި އައު ޕްލެޓްފޯމް މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބޭރުފައިސާ މާރުކުރެވޭނެ ކަމަށެވެ. މި ޚިދުމަތް ފަރުމާކޮށްފައި ވަނީ ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލްއިން ބުނީ، މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން މާރުކުރަން ޖެހޭ (މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުއާމަލާތެއް ފަސޭހަ ކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެ ކަމަށެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ (ބޭންކުން ޑޮލަރު ގަތުން) 15.42 ރުފިޔާ އަށެވެ.

Advertisement

Advertisement 1

ބީއެމްއެލްއިން ބުނީ، މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދީ، ވީހާވެސް ފަސޭހަކަމާއެކު މި ޚިދުމަތް ލިބޭނެ ގޮތް ހެދުމެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައިވާ ގޮތުގައި، ޓޫރިޒަމް ޚިދުމަތްދޭ ފަރާތްތަކުން ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށް 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) އާއި 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) އާ ދެމެދުގެ އަދަދެއް ބޭންކުތަކަށް މާރުކުރާނެ ކަމަށް ބެލެވެއެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަށް ބަލައިގެން، ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޑޮލަރު މާރު ކުރަން ޖެހޭ އެންމެ ފަހު ތާރީޚަކީ މި މަހުގެ 28 ވަނަ ދުވަހެވެ.

ބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

16 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

23 ދުވަސް ކުރިން - 08:48

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބޭންކް އޮފް މޯލްޑިވްސްއިން އިރުޝާދު ދީފި

އިމްތިހާން ފީ އޮންލައިންކޮށް ދެއްކުމުގައި ދިމާވާ މައްސަލަތަކަށް ބީއެމްއެލްއިން އިރުޝާދު ދީފި

26 ދުވަސް ކުރިން - 20:27

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

ބީއެމްއެލްގެ މެއިންޓަނެންސް މަސައްކަތަކަށް މިރޭ ބައެއް ހިދުމަތްތައް މެދުކެނޑެނީ

33 ދުވަސް ކުރިން - 14:26

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

ބީއެމްއެލްގެ ޚިދުމަތްތައް ހަރުދަނާކުރުމަށް އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސްފި

36 ދުވަސް ކުރިން - 13:46

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އައްޔަންކޮށްފި

40 ދުވަސް ކުރިން - 19:04