Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމްޑީޕީން ފައިސާ ދީގެން ދިއްދޫގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމުގެ ތުހުމަތު

އެމްޑީޕީން ފައިސާ ދީގެން ދިއްދޫގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމުގެ ތުހުމަތު

ހުސައިން އިސްމާއިލް
500 ދުވަސް ކުރިން - 27 ޖެނުއަރީ 2025 10:29
ރައީސް ޑރ. މުޢިއްޒު މިދިޔަ ހަފްތާގައި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ރަށްރަށުން އެމަނިކުފާނުގެ ތަރައްޤީގެ ޕްލޭނަށް ތާޢީދުކުރޭ.
ރައީސް ޑރ. މުޢިއްޒު މިދިޔަ ހަފްތާގައި ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. ރަށްރަށުން އެމަނިކުފާނުގެ ތަރައްޤީގެ ޕްލޭނަށް ތާޢީދުކުރޭ.
ޚުލާސާ

ދިއްދޫގައި ރައީސްއަށް ޖެއްސުން ކުރަން އެ ދާއިރާގެ ކުރީގެ މެންބަރު މަސައްކަތް ކުރަނީ އަދުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީ މުޅިން އައު ހަރުފަތަކަށް ގެންދާ މަންޒަރު ފެނި އެކަން ހަޖަމް ނުވެގެން.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. ދިއްދޫއަށް ވަޑައިގަންނަވާ ކަމުގެ ޚަބަރު އެ ރަށުގެ ރައްޔިތުންނަށް އެމްޑީޕީން ދީފައިވާ ކަމަށާއި، މި ދަތުރުފުޅާއި ގުޅިގެން ދިއްދޫގައި ހަމަނުޖެހުން ހިންގުމަށް އެމްޑީޕީން ގިނަ ޢަދަދަކަށް ފައިސާ ދެމުންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

މަޢުލޫމާތު ދިން ފަރާތްތަކުން ބުނާ ގޮތުގައި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު (ވައްޑޭ) އާއި އެމްޑީޕީން ބޭނުންވަނީ ރައީސްއަށް ޖެއްސުން ކުރުމަށެވެ. މިހެން މި ކަން ކުރަނީ އަދުގެ ސަރުކާރުން ރާއްޖޭގެ ތަރައްޤީ މުޅިން އައު ހަރުފަތަކަށް ގެންދާތީ، އެމްޑީޕީއަށް އެކަން ހަޖަމް ނުވެގެންނެވެ.

ރައީސް މުޢިއްޒު ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2025 ޖަނަވަރީ 28 ވަނަ ދުވަހު ކަމަށް އެމްޑީޕީން ދިއްދޫގައި ތިބި އެ ޕާޓީގެ އެކްޓިވިސްޓުންނަށް ވަނީ އަންގާފައެވެ. ނަމަވެސް ރައީސް އޮފީހުން މިކަމެއް އަދި އިޢުލާނެއް ނުކުރެއެވެ.

Advertisement

Advertisement 1

ދިއްދޫ ރައްޔިތަކު ބުނީ ރައީސްގެ ދަތުރުފުޅާއި ގުޅިގެން ދިއްދޫ ކައުންސިލުން ވަނީ ރައީސްގެ ދަތުރުފުޅަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސްކޮށްފައެވެ

ދިއްދޫގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާކަމުގެ އަޑުތައް ފެތުރިފައިވާއިރު އެމްޑީޕީގެ ދެ އެކްޓިވިސްޓަކު ރޭ އެރަށު ޕޮލިހަށް ހާޒިރުކޮށްފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅުއްވާނެ ކަމަށާއި، ނަމަވެސް ހަމަޖެހުން ނަގާލައި ޤައުމުގެ ތަރައްޤީއަށް ހުރަސް އެޅުމަށް ފުރުޞަތު ނުދެއްވާނެ ކަމަށެވެ.

ހއ. ދިއްދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

99 ދުވަސް ކުރިން - 13:53

50 ދުވަސްތެރޭ ދިއްދޫއިން 112 ހެކްޓަރުގެ ބިން ހިއްކައި މުއިއްޒު ސްޕީޑުގައި މަސައްކަތް ނިންމާލައިފި

50 ދުވަސްތެރޭ ދިއްދޫގެ ބިން ހިއްކައި ނިންމާލައިފި

107 ދުވަސް ކުރިން - 23:50

ދިއްދޫ ބިން ހިއްކުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

ދިއްދޫ ބިން ހިއްކުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

122 ދުވަސް ކުރިން - 15:45

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް، 41 ހެކްޓަރުގެ ބިން ހިއްކައިފި

ދިއްދޫއިން 41 ހެކްޓަރުގެ ބިން ހިއްކައިފި

136 ދުވަސް ކުރިން - 15:46

ދިއްދޫ ބިން ހިއްކުން؛ ފަސް ދުވަހުން 21 ހެކްޓަރު ހިއްކައިފި

ފަސް ދުވަހުން ދިއްދޫއިން 21ހެކްޓަރުގެ ބިން ހިއްކައިފި

150 ދުވަސް ކުރިން - 23:08

ދިއްދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކަން ފަށައިފި

ދިއްދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކަން ފަށައިފި

156 ދުވަސް ކުރިން - 18:33