ދިއްދޫ ބިން ހިއްކުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 11 ގަޑިއިރު ކުރިން - 8 ފެބްރުއަރީ 2026 15:45
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރިއަށްގެންދަނީ--- ފޮޓޯ: އެމްއޭސީއެލް
ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރިއަށްގެންދަނީ--- ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި މަސައްކަތް ކުރިއަށްގެންދަނީ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެއް ބޭނުންކޮށްގެން

ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް، އެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލްއިން ބުނީ، ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 78 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށާއި، އެއީ މި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ މައުލޫމާތު ދީފަ އެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު "ލެއިވް އެރިކްސަން" ބޭނުންކޮށްގެންނެވެ.

އެމްއޭސީއެލްއިން ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ފަސްވަނަ ދުވަހުގަ އެވެ. ދިއްދޫގެ އިތުރުން އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބިން ހިއްކުމުގެ މަސައްކަތްތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މާލޭ ސަރަހައްދަށް ބަލައިލާއިރު، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން އެއްކޮށް ހިއްކައި، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ބަލައިލާއިރު، ތ. ވިލުފުށީ އެއާޕޯޓު ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ވެސް އެ މި މަޝްރޫއުގެ ދަށުން 65 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިމިފަ އެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%