ހއ. ދިއްދޫގެ އެއާޕޯޓާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ 18 ޕަސެންޓް ނިމިފައިވާ ކަމަށް، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްއިން ދިއްދޫގެ ބިން ހިއްކަން ިފެށީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެވެ.
އެމްއޭސީއެލް އިން ބުނީ މި މަޝްރޫއުގެ ދަށުން ހިއްކަން ޖެހޭ 111 ހެކްޓަރުގެ ތެރެއިން މިހާރު 21 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ 18.75 ޕަސެންޓް މިހާރު ވަނީ ނިމިފަ އެވެ. މި މަސަތްކަތް ކުރިޔަށް ގެންދަނީ، ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރު "ލީވް އެރިކްސަން" ބޭނުންކޮށްގެނެވެ.
އެގޮތުން "ލީވް އެރިކްސަން" ޑްރެޖަރަކީ އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ވެލި ބޭރުކުރުމުގެ ގާބިލުކަން ހުރި، ދުނިޔޭގައި މިވަގުތު އޮތް އެންމެ ޒަމާނީ އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ. އެމްއޭސީއެލް އިން ބުނީ މި ޑްރެޖަރުގެ ސަބަބުން ބިން ހިއްކުމުގެ މަސައްކަތް ވަރަށް ހަލުވި މިނެއްގައި ކުރިއަށްދާނެ ކަމަށެވެ.






