Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް، 41 ހެކްޓަރުގެ ބިން ހިއްކައިފި

ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް، 41 ހެކްޓަރުގެ ބިން ހިއްކައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
136 ދުވަސް ކުރިން - 25 ޖެނުއަރީ 2026 15:46
ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރިއަށްގެންދަނީ--- ފޮޓޯ: އެމްއޭސީއެލް
ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން ކުރިއަށްގެންދަނީ--- ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި މަހުގެ ފަސްވަނަ ދުވަހު ފެށި ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން އަންނަނީ ހަލުވި ދުވެލީގައި ނިންމާލުމަށް މަސައްކަތް ކުރަމުން

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނެފި އެވެ.

އެމްއޭސީއެލްއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދިއްދޫ ބިން ހިއްކުމުގެ މަސައްކަތް ތާވަލާއެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 41 ހެކްޓަރުގެ ބިން ހިއްކައި ނިމިފައިވާ ކަމަށާއި، މިއީ މި މަސައްކަތުގެ 36.61 މަސައްކަތް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން، އެމްއޭސީއެލުން 110 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުކުރާނެ އެވެ. އެ މަސައްކަތް އެމްއޭސީއެލްއިން ފެށީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.

Advertisement

Advertisement 1

އެމްއޭސީއެލުން ބުނީ، ދިއްދޫގެ ބިން ހިއްކަނީ ލީފް އެރިކްސަން ނަމަކަށް ކިޔާ ޑްރެޖަރެއް ގެނެސްގެން ކަމަށެވެ. މި ޑްރެޖަރަކީ ދުވާލެއްގެ މައްޗަށް 46،000 ކޮޑިމީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ހުންނަ ޑްރެޖަރެއް ކަމަށް، އެމްއޭސީއެލްއިން ވަނީ އިތުރަށް ބުނެފަ އެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއާއެކު، އެ ރަށުގައި އެއާޕޯޓް ތަރައްގީކުރުމާއި، ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ގޯއްޗާއި ފްލެޓް ދޫކުރުމުގެ އިތުރުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށް މި މަސައްކަތް ކުރިއަށްގެންދާ އެމްއޭސީއެލްއިން ދެކެ އެވެ.

ހއ. ދިއްދޫއެމްއޭސީއެލްބިން ހިއްކުން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

ވީއައިއޭގެ އިންކްލޫސިވް ހިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް": ސީއީއޯ

2 ދުވަސް ކުރިން - 08:55

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

ހައްޖުވެރިން އެނބުރި އަންނާތީ، އެއަރޕޯޓަށް ދާ ފަރާތްތަކުން ސަމާލުވުމަށް އެމްއޭސީއެލުން އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 17:15

އީދު ހަވީރުގައި އެމްއޭސީއެލްގެ ސްޓޯލުން ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ

އީދު ހަވީރުގައި ދަނގަޑޭގެ ހުނަރުތައް ފެނިގެންދާނެ: އެމްއޭސީއެލް

16 ދުވަސް ކުރިން - 15:56

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭ އިން ހޯދައިފި

އޮޕަރޭޝަނަލް ދާއިރާއިން ބޮޑެތި ކުރިއެރުންތައް ވީއައިއޭއިން ހޯދައިފި

28 ދުވަސް ކުރިން - 08:32

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ: އެމްޑީ ޝަރީފް

އެއާޕޯޓަށް އާމްދަނީ ވަންނާނެ އިތުރު މަގުތައް ހޯދަނީ

28 ދުވަސް ކުރިން - 08:30

ވީ.އައި.އޭގެ ފެހިކަމާއި ހިތްފަސޭހަކަން ދެމެހެއްޓުމުގައި އެމްއޭސީއެލްގެ ހޯޓިކަލްޗާ ޓީމުގެ ދައުރު ބޮޑު

"ވީ.އައި.އޭގެ ހިތްފަސޭހަކަން ދެމެހެއްޓުމަށް ހޯޓިކަލްޗާ ޓީމުގެ ދައުރު"

34 ދުވަސް ކުރިން - 20:53