Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބްރޯޑްކާސްޓިންގ އަކީ ޤައުމީ އަމާނާތެއް - މެޑަމް ސާޖިދާ

ބްރޯޑްކާސްޓިންގ އަކީ ޤައުމީ އަމާނާތެއް - މެޑަމް ސާޖިދާ

އާނާ ފަހީމް
546 ދުވަސް ކުރިން - 25 ޖެނުއަރީ 2025 21:35
ބްރޯޑްކާސްޓިންގ އަކީ ޤައުމީ އަމާނާތެއް - މެޑަމް ސާޖިދާ
ޚުލާސާ

ބްރޯޑްކާސްޓިންގ ޚިދުމަތަކީ ރާއްޖޭގެ ތާރީޚުގައި ވަރަށް ފުރިހަމަ ޚިދުމަތެއް ކަމަށާއި އެ ދާއިރާއަށް ޝައުޤުވެރި ޖީލެއް ބިނާކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވި.

ބްރޯޑްކާސްޓިންގ އަކީ ޤައުމީ އަމާނާތެއް ކަމަށާއި، އެ ދާއިރާއަށް ޝައުޤުވެރި ޖީލެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.          

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރިއަށް ގެންދިޔަ "ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ހަފްލާގައި އެކަމަނާ ވަނީ މުބާރާތުން އެކި ވަނަ ހާސިލުކުރި ކުދިންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ބްރޯޑްކާސްޓިންގ ޚިދުމަތަކީ ރާއްޖޭގެ ތާރީޚުގައި ވަރަށް ފުރިހަމަ ޚިދުމަތެއް ކަމަށާއި، އެއީ ފޫހިކަމާއި މާޔޫސްކަން ދުރަށްލައި، ހިތްތަކަށް އުފާވެރިކަން ގެނެސްދިން ޚިދުމަތެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދީނުގެ މަތިވެރި އުސޫލުތަކާއި މަތިވެރި އަޚްލާޤު އުނގަންނައިދީ އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

Advertisement

Advertisement 1

މެޑަމް ސާޖިދާ އިތުރަށް ފާހަގަކުރެއްވީ ބްރޯޑްކާސްޓިންގ ޚިދުމަތަކީ ރަށްރަށް ގުޅުވައިދިން އަގުހުރި ޚިދުމަތެއް ކަމަށެވެ. އަދި މީޑިއާގެ އެކި މަންސަތައް މިހާރު ހުރިއިރު، ރޭޑިއޯ އަދި ޓީވީގެ ދައުރު އަދިވެސް އަދާނުކުރެވޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މި ދާއިރާގެ މުހިންމުކަން އެނގޭ ޖީލެއް ބިނާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

 "ބްރޯޑްކާސްޓިންގ އަކީ ވެސް އަމާނާތެއް. ވަރަށް ބޮޑު ޤައުމީ އަމާނާތެއް. ޤައުމުގެ މަޞްލަޙަތު ދިފާޢުކުރުމާއި، ދީނާއި އަޚްލާޤާއި މަސައްކަތްތެރިކަމަށް ހިތްވަރުދިނުމަކީ ޓީވީ އަދި ރޭޑިއޯގެ އެންމެ މުހިންމު ބޭނުން،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ބްރޯޑްކޮމްގެ "ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތަކީ 3 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ އުމުރުފުރައަކުން ތިން ވަނަ ވަނީ ހޮވާފައެވެ. މެޑަމް ސާޖިދާ ވިދާޅުވީ މި މުބާރާތަކީ އައު ޖީލެއް ބްރޯޑްކާސްޓިންގ ދާއިރާއަށް ޝައުޤުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް ކަމަށާއި، މި ދާއިރާ ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ފުޅާވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މެޑަމް ސާޖިދާ މުހައްމަދު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ފަސްޓް ލޭޑީ

މުސްލިމުން ތަޢުލީމު އުނގެނެނީ ދީނާއި އާއިލާ އަދި ޤައުމުގެ ޙައްޤުގައި: ސާޖިސާ

35 ދުވަސް ކުރިން - 00:19

ޕީއެންސީއަށް ދ. މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

ޕީއެންސީއަށް މީދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރައީސްގެ ދެކަނބަލުން އެރަށަށް ވަޑައިގެންފި

42 ދުވަސް ކުރިން - 18:45

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް މެޑަމް ސާޖިދާ އިލްތިމާސް ކުރައްވައިފި

ނޭވާހިއްލުމުގެ ބަލި މެނޭޖްކުރުމުގައި އިސްނަގައިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވައިފި

78 ދުވަސް ކުރިން - 16:12

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

82 ދުވަސް ކުރިން - 15:25

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ލަންކާއަށް ފުރާވަޑައިގެންފި

84 ދުވަސް ކުރިން - 16:02

"އުފަކާރަ" ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ފަސްޓް ލޭޑީ ޝަރަފުވެރިކޮށްދެއްވައިފި

"އުފަކާރަ"ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު މެޑަމް ޝަރަފުވެރިކޮށްދެއްވައިފި

91 ދުވަސް ކުރިން - 00:52