ޒަޚަމްތަކަކާއެކު 27 އަހަރުގެ ޒުވާނަކަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ފަރުވާދޭން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އަނިޔާ ލިބިފައިވާ މީހަކު އައިޖީއެމްއެޗަށް ރޭ 11:40 ހާއިރު ގެންދެވިފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
އެނގިފައިވާ ގޮތުގައި، ޒަހަމްތަކަކާއެކު ހޮސްޕިޓަލަށް ރޭ ގެންދިޔައީ 27 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.









