ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 149 ދުވަސް ކުރިން - 24 ޖެނުއަރީ 2025 15:23
ޚުލާސާ

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެމީހުން ޗެކުކުރިއިރު 46 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވޭ.

ހއ. ހޯރަފުއްޓަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި ބުދަ ދުވަހު، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޯރަފުށީ މަގުމަތިން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި ދެމީހުންނަކީ ޅ. ހިންނަވަރު / ނަބީޒްގެ، އަޙްމަދު އަބޫބަކުރު (45އ) އާއި ހއ. ހޯރަފުށި / މާވާގެ، އަޙްމަދު ރަމީޒް (36އ) އެވެ. މި ދެ މީހުން ހައްޔަރުކޮށް ޗެކުކުރިއިރު 46 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި މައްސަލައާއި ގުޅިގެން އެ ދެމީހުން ވެސް ފަސްދުވަހަށް ބަންދުކުރުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%