Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޒަކިއްޔާގެ މަރުގެ ތަޙުޤީޤުގައި އެފްބީއައިގެ އެހީތެރިކަން ހޯދަން ފަށައިފި

ޒަކިއްޔާގެ މަރުގެ ތަޙުޤީޤުގައި އެފްބީއައިގެ އެހީތެރިކަން ހޯދަން ފަށައިފި

އާނާ ފަހީމް
503 ދުވަސް ކުރިން - 23 ޖެނުއަރީ 2025 13:24
ޒަކިއްޔާ މޫސާ މަނިކު / ފޮޓޯ: މިހާރު
ޒަކިއްޔާ މޫސާ މަނިކު / ފޮޓޯ: މިހާރު
ޚުލާސާ

ޒަކިއްޔާގެ މަރާއި ގުޅިގެން ރަށު މީހުންގެ ޝަކުވާ ބޮޑުވެ މައްސަލަ ހިނގި ގޮތް ސާފުވާ ވަރަށް އަދި ތަޙުޤީޤު ފުރިހަމަ ނުވާތީ ފުލުހުންގެ ތަޙުޤީޤު ހިނގި ގޮތުގެ ރިވިއުއެއް ހެދުމަށް އެފްބީއައިގެ އެހީތެރިކަން ހޯދަނީ.

ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަޚަމްތަކަކާއޮ އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކަން ހިނގި ގޮތާމެދު ޝައްކުތައް ގިނަވެފައި ވަނިކޮށް، އެމެރިކާގެ ތަޙުޤީޤީ އިދާރާ އެފްބީއައިގެ އެހީތެރިކަން ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަނީ އެ މައްސަލައިގައި އެފްބީއައިގެ އެސިސްޓެންސް (އެހީތެރިކަން) ހޯދަމުން،"

Advertisement

Advertisement 1

އެނގިފައިވާ ގޮތުގައި އެފްބީއައިގެ އެހީތެރިކަން ހޯދަނީ، ރަށު މީހުންގެ ޝަކުވާ ބޮޑުވެފައިވާތީ ފުލުހުންގެ ތަޙުޤީޤު ހިނގި ގޮތުގެ ރިވިއުއެއް ހެދުމަށެވެ. މިނިވަން ތަޙުޤީޤީ އިދާރާއެއް ތަޙުޤީޤުގައި ބައިވެރިކޮށް، ޝައްކުތައް ސާފުކުރުމަކީ ވެސް ބޭނުމެކެވެ.

ޒަކިއްޔާ މޫސާ (50 އަހަރު، މާރަނގަ، ނ. ހޮޅުދޫ) މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރެއިންނެވެ. ޒަކިއްޔާގެ މަރާއިމެދު ޝައްކުތަކެއް އުފެދުނީ އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަޚަމްތަކެއް ހުރުމުންނާއި، ކައިރީގައި ވަޅިއެއް އޮތުމުންނެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ މިހާތަނަށް ބެލި ބެލުމުން އެ މަރުގައި އެހެން މީހެއްގެ ބައިވެރިވުން ފާހަގަ ނުކުރެވޭ ކަމަށެވެ. ނަމަވެސް ޒަކިއްޔާ މަރުވީ އަމިއްލައަށް ކަން ނުވަތަ މީހަކު މަރާލީ ކަމަށް ފުލުހުން އަދި މުޅީން ނުނިންމައެވެ. މައްސަލަ ހިނގި ގޮތް ސާފުވާ ވަރަށް އަދި ތަޙުޤީޤު ފުރިހަމަ ނުވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައިގައި ހޮޅުދޫގައި ފުލުހުންގެ އިސް ބޭފުޅުންގެ ޓީމެއް، އެފްބީއައިގެ ޓީމަކާއެކު ހަރަކާތްތެރިވި ކަމަށް އެރަށުގެ ބައެއް މީހުން ކިޔައިދިނެވެ.

ޒަކިއްޔާގެ މަރާއި ގުޅިގެން ރަށު ތެރޭގައި ވާހަކަތައް ހޫނުވެ، ބައެއް ހަމަނުޖެހުންތައް ވެސް ވަނީ ހިނގާފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްމަރުނ. ހޮޅުދޫ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

އޮޕަރޭޝަނެއްގައި އުޅުއްވަނިކޮށް ފުލުހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެ

1 ގަޑިއިރު ކުރިން - 10:10

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ސައިކަލެއް ކޮންޓްރޯލް ނުވެ ހިނގާފައި ދިޔަ މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

2 ދުވަސް ކުރިން - 17:20

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

އއ. ފެރިދޫގައި ފުލުހުންގެ އައު އިމާރާތް ހުޅުވައިފި

8 ދުވަސް ކުރިން - 07:07

ށ. މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިލަންދޫގައި ރޯވި އަލިފާންގަނޑުގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް

9 ދުވަސް ކުރިން - 09:50

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

މާލެ އާއި އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް: ގިނަ ބަޔަކަށް އަނިޔާވެއްޖެ

10 ދުވަސް ކުރިން - 01:55

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

ބަދުއަހުލާގީ އަމަލުތަކެއް ހިންގި ށ. ގޮއިދޫ އިމާމު ވަޒީފާއިން ވަކިކޮށްފި

10 ދުވަސް ކުރިން - 00:06