މާލޭގައި ހުރި ގުދަނެއްގައި ރޭ ފަތިހު ވަރަށް ބޮޑަށް ރޯވެ، އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ އަލިފާނުގެ ހާދިސާ ހިނގީ މަޖީދީމަގުގައި ހުންނަ ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ފުރަތަމަ ފުލޯގައި ކަމަށެވެ.
ޓިނުން ހަދައިފައި ހުރި އެ ތަނުގެ ފުރަތަމަ ފުލޯ ބޭނުންކުރަނީ ގުދަނެއްގެ ގޮތުގަ އެވެ.
ފަތިހު ފަހެއް ޖަހަނިކޮށް ރޯވި އަލިފާންގަނޑު، ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލައިފަ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ނުލިބެ އެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ ފްރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އޮތޯރިތީގެ ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، އިންސާނީ އެހީފޯރުކޮށްދެން ޖެހޭ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.









