މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޓީ އެއާކްރާޕްޓުގެ ދަތުރުތައް ރޭ ޗައިނާއަށް ފަށައިފި އެވެ.
މި ބޯޓުގެ ފުރަތަމަ މަންޒިލަކީ ޗައިނާގެ ޗެންގްޑޫ އެވެ.
މިއީ، މި މަހުގެ ހަވަނަ ދުވަހު ރާއްޖެ ގެނައި މި ބޯޓުން ރާއްޖެއިން ބޭރަށް ކުރާ ފުރަތަމަ ދަތުރެވެ.
މޯލްޑިވިއަން އިން ބުނީ ޗެންގްޑޫއަށް ކުރި ފުރަތަމަ ދަތުރުގައި 52 ފަސިންޖަރުން ދަތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 32 ފަސިންޖަރުންނަކީ ޓޫރިސްޓުން ކަމަށެވެ.
މި ބޯޓުން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަން ހަމަޖެހިފަ އެވެ. އެއީ ޗެންގްޑޫގެ އިތުރުން ޝެންހާއި އަދި ބެއިޖިން އަށެވެ.
މި ބޯޓުގައި 264 ފަސިންޖަރުންގެ ޖާގަ އޮވެ އެވެ.
މޯލްޑިވިންއަންގެ އިންޓަނޭޝަނަލް ދަތުރުތައް ގިނަ ކުރުމަށް އަންނަ އޮކްޓޯބަރު މަހުގައި އިތުރު ވައިޑް-ބޮޑީ ބޯޓެއް ގެންނަން ވެސް ވަނީ ނިންމައިފަ އެވެ. އެ ބޯޓު ގެނައުމުން ޔޫރަޕްގެ ގައުމުތަކަށް ވެސް ދަތުރުތައް ފަށާނެ އެވެ.









