ހުޅުދުއްފާރުގައި ދެ އޭޓީއެމް މެޝިން ބެހެއްޓުމަށް ދެބޭންކުން ސޮއި ކޮށްފި

ހުސައިން އިސްމާއިލް | 271 ދުވަސް ކުރިން - 22 ޖެނުއަރީ 2025 11:33
ހުޅުދުއްފާރުން ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުން: މިއަދު އެރަށުގައި އޭޓީއެމްތައް ބެހެއްޓުމަށް ވަނީ ސޮއި ކޮށްފައި.
ހުޅުދުއްފާރުން ރައީސް ޑރ. މުޢިއްޒަށް މަރުޙަބާ ދެންނެވުން: މިއަދު އެރަށުގައި އޭޓީއެމްތައް ބެހެއްޓުމަށް ވަނީ ސޮއި ކޮށްފައި.
ޚުލާސާ

ބީއެމްއެލްގެ އޭޓީއެމް އެއްބްސްވުމުގައި އެ ބޭންކުން ސޮއި ކުރެއްވީ ޑިރެކްޓަރ ބަދުރުއްދީން ޙަސަން. އިސްލާމިކް ބޭންކުގެ އޭޓީއެމް ޤާއިމް ކުރުމަށް ސޮއި ކުރެއްވީ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީ.

މާޅޮސްމަޑުލު އުތުރުބުރީ (ރ) ހުޅުދުއްފާރުގައި ދެ އޭޓީއެމް މެޝިން ބެހެއްޓުމަށް އެރަށު ކައުންސިލާއިއެކު ޤައުމީ ބޭންކް ނުވަތަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު އެރަށު ކައުންސިލާއި އެކު އެއްބަސްވުންތަކުގައި ސޮއި ކޮށްފިއެވެ.

ހުޅުދުއްފާރުގައި އޭޓީއެމް މެޝިންތައް ބެހެއްޓުމަށް މިއަދު ސޮއިކުރީ، މިހާރު ރ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ބޭއްވުނީ ހުޅުދުއްފާރު ސްކޫލުގައެވެ. މީގެ އިތުރުން ރައީސް ވަނީ ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ރައްޔިތުންނާއި ވެސް ގާތުން ބައްދަލުކުރައްވާފައެވެ.

ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ހުޅުދުއްފާރު ކައުންސިލާއި ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި އެ ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ރީޓެއިލް އެންޑް އެސް.އެމް.އީ ބޭންކިންގ ބަދުރުއްދީން ޙަސަން އެވެ. އިސްލާމިކް ބޭންކުހެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ހުޅުދުއްފާރު ކައުންސިލާއި ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި އެ ބޭންކުގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީއެވެ. ހުޅުދުއްފާރު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު އާޠިފްއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%