ދަކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް، އޭނާގެ މައްޗަށް ހުށަހެޅިފައިވާ އިމްޕީޗްމޗްމަންޓް މައްސަލައިގެ ޝަރީއަތުގައި ބައިވެރިވެވަޑައިގެން، މާޝަލް ލޯ އިއުލާނުކުރުމުގެ މަސައްކަތުގައި ޕާލިމެންޓުގެ މެންބަރުން ހައްޔަރުކުރުމަށް އޭނާގެ އަސްކަރިއްޔާގެ ވެރިންނަށް އަމުރުކުރިކަން ދޮގުކޮށްފިއެވެ.
ކޮންސްޓިޓިއުޝަނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި ރައީސް ޔޫން ވަނީ އޭނާ ސަރުކާރުގެ މަސައްކަތްތައް ކޮށްފައިވަނީ "މިނިވަން ޑިމޮކްރަސީއަށް ވަރުގަދަ އަޒުމަކާއެކު" ކަމަށް ބުނެފައެވެ. އަދި ކޯޓުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޑިސެމްބަރު މަހުގެ ކުރީކޮޅު މާޝަލް ލޯ އިއުލާނުކުރަން މަސައްކަތްކުރުމާއި ގުޅިގެން، ރައީސް ޔޫން ވަނީ އިންސަރެކްޝަންގެ ދައުވާގެ ދަށުން ހައްޔަރުކޮށްފައެވެ. ނަމަވެސް މި މަސައްކަތް އޭނާގެ ޕާޓީން ވަނީ މާގިނަ އިރެއްނުވެ ޕާލިމެންޓުން ބާތިލުކޮށްފައެވެ.
ރައީސް ޔޫން ވަނީ ޑިސެމްބަރު 3 ވަނަ ދުވަހު ޕާލިމެންޓަށް ފޮނުވި ސްޕެޝަލް ފޯސް ސިފައިން ފޮނުވީ ޕާލިމެންޓު ހުއްޓުވުމަށް ނޫންކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެފަދަ ކަމެއް ކުރުމުން ދިފާއުނުކުރެވޭ ހިސާބަށް ކަންކަން ދާނެކަން އެނގިވަޑައިގަންނަވާކަން ވެސް ވިދާޅުވިއެވެ.
ރައީސް ޔޫންގެ ވަކީލުން ވިދާޅުވީ މާޝަލް ލޯ އިއުލާނުކުރުމުގެ ބޭނުމަކީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ކުރަމުންދާ އަނިޔާތަކާއި މެދު ސަމާލުކަން ގެނައުމެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އަމަލުތަކުން ސަރުކާރު ހުއްޓުވައި، ޤައުމުގެ ޑިމޮކްރެޓިކް އަދި ޤާނޫނީ ނިޒާމު ނެތިކޮށްލުމުގެ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޑިސެމްބަރު 14 ވަނަ ދުވަހު އިދިކޮިދިކޮޅު ޕާޓީއާއި މައިނޯރިޓީ ޕާޓީތަކާއި އަދި ރައީސް ޔޫންގެ ޕީޕަލްސް ޕަވަރ ޕާޓީގެ 12 މެންބަރުން ވަނީ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ރައީސް ޔޫން އިމްޕީޗްކޮށްފައެވެ.
ކޮންސްޓިޓިއުޝަނަލް ކޯޓަށް 180 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި ރައީސް ޔޫން މަޤާމުން ވަކިކުރުމަށް ނުވަތަ އަނބުރާ މަޤާމަށް ރުޖޫއަކުރުމަށް ނިންމަން ޖެހޭނެއެވެ.






