އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ރާއްޖެ ހިމެނޭ ގޮތަށް މުޅި ދުނިޔޭގައި ފެނިގެންދިޔައިރު، މި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ މުއްސަނދިން ބައިވެރިވިއެވެ.
ފޯބްސް އިން ބުނާ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ މުއްސަނދި ހަތަރު ފަސް މީހުން ބައިވެރިވެފައިވާއިރު، އެމީހުންގެ ޖުމްލަ މުއްސަނދިކަމަކީ އެއް ޓްރިލިއަން ޑޮލަރެވެ.
ކެޕިޓަލް ރޮޓަންޑާގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އަދި ޓެސްލާގެ ސީއީއޯ އެލޮން މާސްކް އެވެ.
ޑޮނަލްޑް ޓްރަމްޕްގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި (ވާތުން ކަނާތަށް) މާކް ޒުކަބާގް، ޖެފް ބެޒޯސް، ސުންޑާ ޕިޗައި އަދި އެލޮން މާސްކް ފަދަ "ޓެކް ޓައިޓަންސް" ބައިވެރިވިއިރު، ޖުމްލަ މުއްސަނދިކަން ގާތްގަނޑަކަށް އެއް ޓްރިލިއަން ޑޮލަރަށް އަރާ.
އިލޮން މާސްކްގެ ޖުމްލަ މުއްސަނދިކަން 433 ބިލިއަން ޑޮލަރަށް އަރާއިރު، އެމެރިކާ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވުމަށް އޭނާ ވަނީ އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްފަ އެވެ.
މީގެ އިތުރުން އެމެޒޯންގެ ބާނީ ޖެފް ބެޒޯސް ވެސް މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، އޭނާގެ ޖުމްލަ މުއްސަނދިކަމަކީ 233 ބިލިއަން ޑޮލަރެވެ.
މެޓާގެ ވެރިޔާ މާކް ޒުކަބާގް ވެސް މި އިވެންޓުގައި ބައިވެރިވެފައިވާއިރު، އޭނާގެ ޖުމްލަ މުއްސަނދިކަލަކީ 211 ބިލިއަން ޑޮލަރެވެ.
ޖުމްލަ މުއްސަނދިކަން 1.1 ބިލިއަން ޑޮލަރަށް އަރާ އޯޕަންއޭއައިގެ ސީއީއޯ ސޭމް އޮލްޓްމަން ވެސް ވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައެވެ.
ކެޕިޓަލް ރޮޓަންޑާގައި ބޭއްވި ހުވައި ކުރުމުގެ ރަސްމިއްޔާތުގައި ދެން ބައިވެރިވެވަޑައިގަތީ 2.2 ބިލިއަން ޑޮލަރުގެ މުދަލެއް އޮންނަ އެޕަލްގެ ސީއީއޯ ޓިމް ކޫކް އެވެ.
ފޮކްސް ނިއުސްގެ ކުރީގެ ޗެއާމަން ރޫޕާޓް މާޑޮކް އާއި މެރީ އެމް އެޑެލްސަން ވެސް މި އިވެންޓުގައި ބައިވެރިވިއިރު، އެ ދެބޭފުޅުންގެ އަތުގައި 2.22 ބިލިއަން ޑޮލަރާއި 3.19 ބިލިއަން ޑޮލަރު ވެއެވެ.
މި ރަސްމިއްޔާތުގައި ދެން ބައިވެރިވެވަޑައިގެންނެވި ފްރާންސްގެ ބްރޭންޑް ލޫއީ ވިޓަންގެ ވެރިޔާ އަދި ފްރާންސްގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ބާނާޑް އާނަލްޓްގެ ޖުމްލަ މުއްސަނދިކަލަކީ 17 ބިލިއަން 96 މިލިއަން ޑޮލަރެވެ.
އިންޑިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީ ވެސް ވަނީ ޑޮނަލްޑް ޓްރަމްޕް ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.