ޕެންޓްހައުސް އަތުލާތީވެ ހައި ކޯޓަށް ބައްސާމް ހުށަހެޅި މައްސަލަ ބަލައިނުގަތް

އާނާ ފަހީމް | 313 ދުވަސް ކުރިން - 21 ޖެނުއަރީ 2025 16:04
ބައްސާމް އަދީލް ޖަލީލްގެ ދެ ޕެންޓްހައުސް އަތުލުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ނެރެފައި.
ބައްސާމް އަދީލް ޖަލީލްގެ ދެ ޕެންޓްހައުސް އަތުލުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ނެރެފައި.
ޚުލާސާ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދެ ޕެންޓްހައުސް އަތުލުމަށް ނެރުނު އަމުރާއި ގުޅިގެން ބައްސާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައި ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތް.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދެ ޕެންޓްހައުސް އަތުލުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ބަލައިނުގަންނަން ހައި ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމައިފިއެވެ،

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރެއްގައި ބައްސާމްގެ ދެ ޕެންޓްހައުސް ހަ ދުވަހުގެ ތެރޭގައި ހުސްކުރުމަށް އަންގާފައިވެއެވެ. މި އަމުރާއި ގުޅިގެން ބައްސާމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒުގެ ރަޢުޔަކީ، މި އަމުރުގެ މައްސަލަ ފުރަތަމަ ހުށަހަޅަންޖެހޭނީ އަމުރު ނެރުނު ދަށު ކޯޓަށް ކަމަށާއި، އިސްތިއުނާފުކުރަން ޖެހޭނީ ރިވިއުކުރި ގޮތަށް ކަމަށެވެ. އެހެންކަމުން، ރަޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅާފައިވެއެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރު މުޙައްމަދު ޝަހީދުގެ ރަޢުޔަކީ، މަނީ ލޯންޑްރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އަޅާ ވަގުތީ ފިޔަވަޅު ނިމުމަކަށް ގެންނަން ކޯޓަށް ހުށަހެޅިދާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެއީ ކޮން ކޯޓެއްކަން ބުނެފައިނުވާތީ، އިސްތިއުނާފު ކުރުމުގެ ޙައްޤު ހަނިކޮށްފައިނުވާ ކަމަށެވެ.

ފުލުހުންގެ ތުހުމަތުގައިވާ ގޮތުން، ކޮވިޑް-19 ގެ ދުވަސްވަރު ތެރޭގައި ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ހާލަތުން އަރައިގަތުމަށް ފީފާއިން އެފްއޭއެމަށް ދޫކުރި ލޯނު ފައިސާއިން ބައްސާމް މި ދެ ޕެންޓްހައުސް ގަނެފައިވެއެވެ. މި މައްސަލައިގެ ތަޙްޤީޤު ދަނީ ކުރިއަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%