Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ށ. އަތޮޅު ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ފަށައިފި

ށ. އަތޮޅު ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ފަށައިފި

އަހްމަދު އީޒާން
587 ދުވަސް ކުރިން - 21 ޖެނުއަރީ 2025 10:47
ށ. އަތޮޅު ކައުންސިލުން ބޮޑު ހޭދައެއް ކޮށްގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ފަށައިފި
ޚުލާސާ

ށ. އަތޮޅު ކައުންސިލުން ބުނީ މިއީ އެ އަތޮޅަށް ޒަމާނީ ދަނޑުވެރިކަން ތައާރަފުކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް.

ށ. އަތޮޅު ކައުންސިލުން ބޮޑު ހަރަދެއް ކޮށްގެން އެ އަތޮޅު ގޮއިދޫގައި އޮޓޯޕޮޓް ގްރީންހައުސް ފާމެއް ގާއިމްކުރުމުގެ މަޝްރޫއެއް ފަށައިފި އެވެ.

‎އެ އަތޮޅު ކައުންސިލުން ބުނީ މިއީ ށ. އަތޮޅަށް ޒަމާނީ ދަނޑުވެރިކަން ތައާރަފުކޮށް، ރައްޔިތުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށެވެ.‎ އަދި މި މަޝްރޫއުގެ ސަބަބުން ށ. އަތޮޅުގައި ޒަމާނީ ދަނޑުވެރިކަން ކުރިއަރައި، ރައްޔިތުންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ހުޅެވޭނެ ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

‎މި މަޝްރޫއުގެ ދަށުން ގޮއިދޫގައި 1،000 އަކަފޫޓުގެ ދެ އޮޓޯޕޮޓް ގްރީންހައުސް ފާމް އަޅަން ވަނީ ހަމަޖެހިފަ އެވެ. މި މަޝްރޫއަކީ އަތޮޅު ކައުންސިލުން 450,120.ރ. ރުފިޔާ ހަރަދުކޮށްގެން، ޕްރައިމް ފާޓިލައިޒާސް މޯލްޑިވްސްއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

Advertisement

Advertisement 1

މި މަޝްރޫޢުގެ ދަށުން އަޅާ ފާމްތައް ހިންގައި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ގޮއިދޫ ކައުންސިލާ ހަވާލުކޮށްގެން ކަމަށް އަތޮޅު ކައުންސިލުން ބުންޏެވެ.

‎މި މަޝްރޫއުގެ ކާމިޔާބީއަށް ބަލައި، މިފަދަ އިތުރު މަޝްރޫއުތައް އަތޮޅުގެ އެހެން ރަށްރަށުގައި ވެސް ކުރިއަށް ގެންދިއުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވެ، ކާނާއަށް ބޭރު ގައުމުތަކަށް ބަރޯސާ ވާ މިންވަރު ކުޑަކޮށް، ރައްކާތެރި ކާބޯތަކެތި އަޅުގަނޑުމެންގެ ދަނޑުފަނގުތަކުން ލިބިގެން ދިއުމެވެ. މި އަމާޒަށް ވާސިލްވުމަށް ފަރުދީގޮތުންނާއި ޖަމިއްޔާ ޖަމާއަތްތަކުން އިސްނަންގަވައިގެން މިފަދަ މަޝްރޫއުތައް ހިންގުމަކީ މި ވުޒާރާއިން ނުހަނު ބަލައިގަންނަ، އަދި ހިތްވަރުދޭ ކަންކަމެވެ." އަތޮޅު ކައުންސިލުން ބުންޏެވެ.

ށ. އަތޮޅު ރަށްރަށުގައި މިހާރު ވެސް ވަރަށް ފުޅާކޮށް އަންނަނީ ދަނޑުވެރިކަން ކުރަމުންނެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާދަނޑުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

76 ދުވަސް ކުރިން - 12:32

ނޯތު ހާބަރުގައި ހަދާ ވަގުތީ މާރުކޭޓް އަންގާރަ ދުވަހު ހުޅުވަނީ

ނޯތު ހާބަރުގެ ވަގުތީ މާރުކޭޓް އަންގާރަދުވަހު ހުޅުވަނީ

197 ދުވަސް ކުރިން - 19:12

ރޯދަމަހު ދަނޑުވެރިންގެ ތަކެތި ވިއްކަން ނޯތު ހާބަރުގައި ވަގުތީ މާރުކޭޓެއް

ރޯދަމަހު ދަނޑުވެރިންނަށް ހާއްސަ ވަގުތީ މާރުކޭޓެއް!

221 ދުވަސް ކުރިން - 10:54

އެލަވެންސްތަކާއެކު ދަނޑުވެރިކަމުގެ ދާއިރާއިން ހިލޭ ކިޔެވުމަށް 10 ސްކޮލާޝިޕް ހުޅުވާލައިފި

ދަނޑުވެރިކަމުގެ ދާއިރާއިން ހިލޭ ކިޔެވުމަށް 10 ސްކޮލާޝިޕް!

355 ދުވަސް ކުރިން - 21:18

ގްރީން ހައުސް ގާއިމްކުރުމަށް ހަ ދަނޑުވެރިންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ގްރީން ހައުސް ގާއިމްކުރުމަށް ހަ ދަނޑުވެރިންނާއެކު އެއްބަސްވުމެއް

388 ދުވަސް ކުރިން - 11:25

ކުދި އަދި މެދު ފަންތީގެ ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

ދަނޑުވެރިވެރިންނަށް މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

407 ދުވަސް ކުރިން - 19:36