Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ރޯދަމަހު ދަނޑުވެރިންގެ ތަކެތި ވިއްކަން ނޯތު ހާބަރުގައި ވަގުތީ މާރުކޭޓެއް

މުހައްމަދު ޖަމްޝަތު
266 ދުވަސް ކުރިން - 22 ޖެނުއަރީ 2026 10:54
މާލެ ލޯކަލް މާރުކޭޓް. ރޯދައަށް ނޯތް ހާބަރުގައި ވަގުތީ މާރުކޭޓެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި---
މާލެ ލޯކަލް މާރުކޭޓް. ރޯދައަށް ނޯތް ހާބަރުގައި ވަގުތީ މާރުކޭޓެއް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި---
ޚުލާސާ

މާރުކޭޓުން ޖާގަ ހޯދަން ޖެހޭނީ ރަށު ކައުންސިލް މެދުވެރިކޮށް. ފޯމުތައް މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ފޮނުވަންޖެހޭ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް އަތޮޅުތަކުގެ ދަނޑުވެރިން އުފައްދާ ތަކެތި މާލޭގައި ފަސޭހަކަމާއެކު ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މާލެ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް އެޅުމަށް ސަރުކާރުން ނިންމައިފި އެވެ. 

އެގްރިކަލްޗާ މިނިސްޓްރީން ބުނިގޮތުގައި މި މާރުކޭޓް ތަރައްގީކުރަނީ މާލެ ނޯތް ހާބަރުގަ އެވެ. އަދި އެމްޕީއެލްގެ އެހީތެރިކަމާއެކު މި މާރުކޭޓުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

މި މާރުކޭޓުގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މި މާރުކޭޓުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަށު ކައުންސިލްތައް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ. މިގޮތުން ހުށަހަޅާއިރު، މިދިޔަ އަހަރުގެ ރޯދަމަހު އެ ރަށަކުން ބޭރުކުރި ތަކެތީގެ އަންދާސީ މިންވަރާއި، މާރުކޭޓުގައި ބައިވެރިވާން ބޭނުންވާ މީހުންގެ އަދަދު ހިމަނަންޖެހެ އެވެ.

Advertisement

Advertisement 1

މިނިސްޓްރީން ބުނިގޮތުގައި މި މާރުކޭޓު ތަރައްގީކުރަނީ ރޯދަމަހަކީ ރަށްރަށުން ގިނަ އަދަދެއްގެ ދަނޑުވެރި އުފެއްދުންތައް މާލެއަށް ގެންނަ ދުވަސްވަރަކަށް ވާތީ، އެ ތަކެތި ހަމަ އަގުގައި ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ.

މި މާރުކޭޓު ހިންގުމަށް ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، މާރުކޭޓަށް މުދާ ވެއްދޭނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ. އަދި އެތަނުގައި ވިއްކޭނީ ހަމައެކަނި ރާއްޖޭގައި އުފައްދާ ތަރުކާރީއާއި މޭވާ އެކަނި ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން، މި މާރުކޭޓުގައި ބިދޭސީންނަށް މަސައްކަތް ނުކުރެވޭނެ ކަމަށާއި، ވިޔަފާރި ކުރެވޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އަދި ރޯދަމަސް ނިމުމާއެކު މާރުކޭޓު ހުސްކުރަން ޖެހޭނެ އެވެ.

މި ފުރުސަތަށް އެދި ހުށަހަޅާ ފޯމުތައް މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް މިނިސްޓްރީއަށް ފޮނުވަން ޖެހެ އެވެ.

މާލޭގެ އިތުރުން ހުޅުމާލޭގައިވެސް ވަގުތީ މާރުކޭޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރުގެ އަމާޒަކީ ރޯދަ މަހު ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ރޯދަމަސް 2026އެގްރިކަލްޗާ މިނިސްޓްރީ (އުވާލެވިފައި)ވިޔަފާރިދަނޑުވެރިކަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފި

ގަސްގަހާގެހި ހެއްދުމުގައި ސިއްހީގޮތުން ރައްކާތެރި ހަމަތައް ހިފެހެއްޓުމަށް އިލްތިމާސްކުރައްވައިފި

19 ގަޑިއިރު ކުރިން - 13:53

މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް "މަސްޖިދުނާ" އިނީޝިއޭޓިވް އިފްތިތާހުކޮށްފި

މިސްކިތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް "މަސްޖިދުނާ" އިނީޝިއޭޓިވް އިފްތިތާހުކޮށްފި

19 ގަޑިއިރު ކުރިން - 13:20

ރާއްޖޭގައި ހަރަކާތްތެރިވި 29 ފޮރިން އިންވެސްޓްމަންޓެއް އުވާލައިފި

1 ދުވަސް ކުރިން - 13:57

5 ރުފިޔާގެ ނޫޓު މަދުވުމުން އެމްއެމްއޭއިން އައު ސްޓޮކެއް ދައުރުކުރަން ފަށަނީ

5 ރުފިޔާގެ ނޫޓު މަދުވުމުން އެމްއެމްއޭއިން އައު ސްޓޮކެއް ދައުރުކުރަން ފަށަނީ

1 ދުވަސް ކުރިން - 13:39

ހުޅުމާލޭ ރަށުމާރުކޭޓުން 9 ގޮޅިއެއް ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭ ރަށުމާރުކޭޓުން 9 ގޮޅިއެއް ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ފުރުސަތު ހުޅުވާލައިފި

2 ދުވަސް ކުރިން - 19:16

ރަޝިޔާއިން 3 ލައްކަ ޓަނުގެ ޑީސަލް ބާޒާރަށް!

ރަޝިޔާއިން 3 ލައްކަ ޓަނުގެ ޑީސަލް ބާޒާރަށް!

6 ދުވަސް ކުރިން - 07:30