Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން އާންމުން ދުރުހެލިކުރުވުމަށް އިދާރާތަކުގެ މެދުގައި މަޝްވަރާކޮށްފި

ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން އާންމުން ދުރުހެލިކުރުވުމަށް އިދާރާތަކުގެ މެދުގައި މަޝްވަރާކޮށްފި

އަހްމަދު އީޒާން
593 ދުވަސް ކުރިން - 20 ޖެނުއަރީ 2025 14:42
ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން އާންމުން ދުރުހެލިކުރުވުމަށް އިދާރާތަކުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ހޯމް މިނިސްޓްރީ
ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން އާންމުން ދުރުހެލިކުރުވުމަށް އިދާރާތަކުގެ މެދުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން / ފޮޓޯ: ހޯމް މިނިސްޓްރީ
ޚުލާސާ

އެންޑީއޭ އިން ބުނީ މި މަޝްވަރާކޮށްފައި ވަނީ އެ އެޖެންސީގެ ބޯޑުގެ މެންބަރުންނާއި ވެރިންނާއި ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގެ މެންބަރުންނާއި އެޗްޕީއޭ އަދި އެންޑީއޭގެ ފަންނީ މުވައްޒަފުންނާއި އެކުގައި ކަމަށް.

މަސްތުވާތަކެއްޗާއި ދުންފަތުން ދުރުހެލިވުމަށް ދޭ ފަރުވާގެ މުއްދަތުގައި ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލިވުމަށް ބާރުއެޅުމާއި ގުޅޭ ގޮތުން ކަމާއިބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނީ މި މަޝްވަރާކޮށްފައި ވަނީ އެ އެޖެންސީގެ ބޯޑުގެ މެންބަރުންނާއި ވެރިންނާއި ދުންފަތް ކޮންޓްރޯލްކުރާ ބޯޑުގެ މެންބަރުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަދި އެންޑީއޭގެ ފަންނީ މުވައްޒަފުންނާއި އެކު އެ އެޖެންސީގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

މި ބައްދަލުވުމުގައި ވަނީ ފަރުވާގެ ހިދުމަތް ހޯދާ މީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމާއި ފަރުވާދޭ މަރުކަޒުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުމުން ރައްކާތެރި މާޙައުލެއްކަން ކަށަވަރު ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމުން ދުރުހެލިކުރުވުމުގެ ގޮތުން ކަމާއި ގުޅޭ ތަމްރީނުތައް ފުރިހަމަކޮށް، ހުނަރުވެރި ބަޔަކަށް ހެދުމަށް ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވެއެވެ.

Advertisement

Advertisement 1

އެންޑީއޭ އިން ބުނީ މަސްތުވާތަކެތި ބޭނުންކުރުމާއި ދެވިހިފުމުގެ ބަލި ތަހައްމަލުކުރާ ގިނަ މީހުންނަކީ ދުންފަތުގެ ބާވަތްތަކަށް ވެސް ދެވިހިފާފައިވާ ބަޔަކަށް ވާތީ، ސިއްހީ ނުރަނގަޅު ހުރިހާ އާދަތަކުން ދުރުހެލި ކުރުވުމަށް، ފަރުވާގެ މުއްދަތުގައި ބާރުއަޅައި މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދުންފަތް ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރުމަށް ހާއްސަ މާސްޓަ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށް ނިންމަވައިފަ އެވެ. ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނާއި ގަވާއިދު ތަކަށް ގެނައި ބަދަލުތައް ތަންފީޛު ކުރުމާއިއެކު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެކި ފިޔަވަހިތަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ވެސް ރައީސް ނިންމަވާފައިވެ އެވެ.

މަސްތުވާތަކެތިނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީސިނގިރޭޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

1 ދުވަސް ކުރިން - 01:55

ކަޅު ބާޒާރުން މަސްތުވާތަކެތި އެތެރެކުރުމަށް މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: އަޙްމަދު ޝާޒްވަލީދު

ކުށުގެ ވެށިން މަހަކު 30 މިލިއަން ޑޮލަރު ބޭރުކުރާކަމަށް ވޭ: ޝާޒް

10 ދުވަސް ކުރިން - 09:31

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

11 ދުވަސް ކުރިން - 11:40

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

12 ދުވަސް ކުރިން - 13:11

24 ދަޅު ބަނގުރާއެކު ހުޅުމާލެ ފޭސް 1 އިން ދެ ޒުވާނަކު ހައްޔަރުކޮށްފި

24 ދަޅު ބަނގުރާއެކު ހުޅުމާލެއިން ދެ ޒުވާނަކު ހައްޔަރުކޮށްފި

13 ދުވަސް ކުރިން - 12:06

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފި

15 ދުވަސް ކުރިން - 11:45