Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވަގަށް ބޭރުކުރަން އުޅުނު ބޭރު ފައިސާ ދައުލަތަށް ނަގައި، ޖޫރިމަނާގެ އަދަބެއް ދީފި

ވަގަށް ބޭރުކުރަން އުޅުނު ބޭރު ފައިސާ ދައުލަތަށް ނަގައި، ޖޫރިމަނާގެ އަދަބެއް ދީފި

އަހްމަދު އީޒާން
598 ދުވަސް ކުރިން - 19 ޖެނުއަރީ 2025 16:58
ވަގަށް ބޭރުކުރަން އުޅުނު ބޭރު ފައިސާ ދައުލަތަށް ނަގައި، ޖޫރިމަނާގެ އަދަބެއް ދީފި
ޚުލާސާ

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުނު އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުއްރަގޫބް ނިސްތާރު ހަލީމް އަށް ކުރި ޙުކުމަކީ، ދައުލަތަށް ފައިސާތައް ނަގައި، ޖޫރިމަނާ ފައިސާ 12000 ރުފިޔާ ދެމަސްތެރޭ ދެއްކުން.

ވައިގެމަގުން ރާއްޖެއިން ވަގަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު އިންޑިއާ މީހަކު ޖޫރިމަނާކޮށް، އޭނާގެ އަތުން ފެނުނު 2.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ދައުވާ ސާބިތުވެ ހުކުމް އިއްވާފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އަބްދުއްރަގޫބް ނިސްތާރު ހަލީމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ވައިގެމަގުން ސްރީ ލަންކާއަށް ފުރަން އުޅުނުއިރު، އޭނާގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނުމާއި ގުޅިގެންނެވެ.

Advertisement

Advertisement 1

އޭނާ ގެންގުޅުނު ބޭގެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސެކިއުރިޓީ ޗެކްޕޮއިންޓުން ބަލައި ފާސްކުރިއިރު، ސިޓީ އުރަތަކަކުން 104,977 ޑޮލަރާއި 31,585 ޔޫރޯ އާއި 180 ސުވިސް ފްރޭންކް އަދި 100 ދިރުހަމް ފެނިފައިވެ އެވެ. އަދި ބެކްޕެކް ތެރެއިން 32,395 ޑޮލަރާއި 18,790 ޔޫރޯ ފެނިފައިވެ އެވެ.

އެއީ ދިވެހި ރުފިޔާއިން ބަލާ ނަމަ، 2.9 މިލިއަނެއްހާ ރުފިޔާ އެވެ.

އޭނާ ވަނީ ކޯޓުގައި ތުހުމަތުތަކަށް އެއްބަސްވެފަ އެވެ. އަދި ތުހުމަތުތަކަށް އެއްބަސްވެ، ދައުލަތާ އެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައި ވާތީ މި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައި ވަނީ އެ އެއްބަސްވުމަށް ބަލައިގެންނެވެ.

ދައުލަތާ އެކު ހެދި އެއްބަސްވުމުގައި އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 12،000 ރުފިޔާ އިން އޭނާ ޖޫރިމަނާ ކުރުމަށާއި ކަސްޓަމްސް އިން އޭނާގެ މައްޗަށް ކޮށްފައިވާ ހަތް ލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކަން ނުޖެހޭނެ ކަމަށެވެ. އަދި އޭނާގެ އަތުން ފެނުނު ބޭރު ފައިސާ ދައުލަތަށް ނަގައި، 12،000ރ. އިން ކުރި ޖޫރިމަނާ ދެ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ވަނީ ހުކުމް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުކުށްކުރުންއިންޑިއާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

މިސްކިތް ތަޅައިލި މީހުންގެ ފައްޅި ސިކުންތުކޮޅެއްގެ ތެރޭގައި ކޯރަށް ޣަރަޤުވެއްޖެ!

4 ގަޑިއިރު ކުރިން - 18:39

އިންޑިއާގެ ޔުނިވާސިޓީ ހޮސްޓެލް އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

އިންޑިއާގައި އިމާރާތެއް ވެއްޓި 7 މީހުން މަރުވެއްޖެ

2 ދުވަސް ކުރިން - 14:15

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

6 ދުވަސް ކުރިން - 15:41

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުން ވެސް މަރުވެއްޖެ

އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި، ކައިރީގައި ހުރި ގެތަކުގެ މީހުންވެސް މަރުވެއްޖެ

7 ދުވަސް ކުރިން - 15:05

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

އާންމު މަސްލަހަތު ނަގާލުމަށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި މީހަކު ހައްޔަރުކޮށްފި

8 ދުވަސް ކުރިން - 14:44

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

މީހެއްގެ އެކައުންޓުން 92000 ރުފިޔާ ފޭރުނު ބަޔަކު ހައްޔަރު ކޮށްފި

15 ދުވަސް ކުރިން - 07:25