ފެމެލީ ކޯޓު މެދުވެރިކޮށް 97 މިލިއަން ރުފިޔާގެ ހަރަދު މިދިޔަ އަހަރު ނަގައިދިން

އަހްމަދު އީޒާން | 181 ދުވަސް ކުރިން - 18 ޖެނުއަރީ 2025 23:03
ފެމިލީ ކޯޓު، މާލެ / ފޮޓޯ: ޚުލާޞާ
ފެމިލީ ކޯޓު، މާލެ / ފޮޓޯ: ޚުލާޞާ
ޚުލާސާ

އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ފެމެލީ ކޯޓު މެދުވެރިކޮށް ދެއްކުމަށް މިދިޔަ އަހަރު ސާބިތުކުރެވުނު ހަރަދުގެ މިންވަރު 97،170،594.94 ރުފިޔާ އަށް އަރާ.

ފެމެލީ ކޯޓު މެދުވެރިކޮށް ދެއްކުމަށް މިދިޔަ އަހަރު ސާބިތުކުރެވުނު ހަރަދުގެ މިންވަރު 97 މިލިއަން ރުފިޔާއަށް ވުރެ މަތިކަން އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމެލީ ކޯޓުން މިއަދު ވަނީ އެ ކޯޓުގެ މިދިިޔަ އަހަރު ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ފެމެލީ ކޯޓު މެދުވެރިކޮށް ދެއްކުމަށް މިދިޔަ އަހަރު ސާބިތުކުރެވުނު ހަރަދުގެ މިންވަރު 97،170،594.94 ރުފިޔާ އަށް އަރަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އަނބިދަރިންގެ ހަރަދާއި އިއްދައިގެ ހަރަދާއި ވިހެއުމުގެ ހަރަދާއި ކައިވެނީގެ ހަރަދެވެ.

ފެމެލީ ކޯޓުން ބުނީ އެކި ގަޟިއްޔާތަކާ ގުޅިގެން 46.7 މިލިއަން ރުފިޔާ ބަލައިގަނެ، 2023 ވަނަ އަހަރު ރައްދު ނުކުރެވި ހުރި ފައިސާ ހިމެނޭ ގޮތަށް މިދިޔަ އަހަރު 47.5 މިލިއަން ރުފިޔާގެ ރައްދުކޮށްދެވުނު ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%