މިދިޔަ އަހަރު 1326 ވަރި

އާނާ ފަހީމް | 181 ދުވަސް ކުރިން - 18 ޖެނުއަރީ 2025 23:23
ފެމިލީ ކޯޓު. ފާއިތުވި އަހަރު ކޯޓު މެދުވެރިކޮށް ދެއްކުމަށް ސާބިތުކުރެވުނު ޚަރަދުގެ މިންވަރު 97 މިލިއަން ރުފިޔާއަށް އަރާ. ފޮޓޯ: ޚުލާޞާ
ފެމިލީ ކޯޓު. ފާއިތުވި އަހަރު ކޯޓު މެދުވެރިކޮށް ދެއްކުމަށް ސާބިތުކުރެވުނު ޚަރަދުގެ މިންވަރު 97 މިލިއަން ރުފިޔާއަށް އަރާ. ފޮޓޯ: ޚުލާޞާ
ޚުލާސާ

ފެމިލީ ކޯޓުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރު 2،485 ކައިވެނި ކުރެވުނުއިރު، 1،326 ވަރި ރަޖިސްޓްރީކުރެވުނު.، ފާއިތުވި އަހަރު ކޯޓު މެދުވެރިކޮށް ދެއްކުމަށް ސާބިތުކުރެވުނު ޚަރަދުގެ މިންވަރަކީ 97 މިލިއަން ރުފިޔާ.

ފެމިލީ ކޯޓުން މިއަދު ހާމަކުރި 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި އަހަރު ޖުމްލަ 2،485 ކައިވެނި ކުރެވުނުއިރު، 1،326 ވަރި އެ ކޯޓުގައި ރަޖިސްޓްރީ ކުރެވުނެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ކުރެވުނު 181 ކައިވެނި ވެސް ރަޖިސްޓްރީ ކޮށްދެވުނެވެ.

ތަފާސްހިސާބުތަކުން އިތުރަށް ހާމަވާގޮތުގައި، 2024 ވަނަ އަހަރު 163 ދިވެހިން ބިދޭސީންނާއި ކައިވެނިކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 45 ދިވެހި އަންހެނުންނާއި، 118 ދިވެހި ފިރިހެނުންނެވެ.

ފެމިލީ ކޯޓުން އިތުރަށް ހާމަކުރިގޮތުގައި، ފާއިތުވި އަހަރު ކޯޓު މެދުވެރިކޮށް ދެއްކުމަށް ސާބިތުކުރެވުނު ޚަރަދުގެ މިންވަރު 97 މިލިއަން ރުފިޔާއަށް އަރައެވެ. އެއީ އަނބިދަރިންގެ ޚަރަދާއި، ޢިއްދައިގެ ޚަރަދާއި، ވިހެއުމުގެ ޚަރަދާއި އަދި ކައިވެނީގެ ރަނެވެ.

ހުކުމްތަކާއި ގުޅިގެން ކޯޓަށް 46 މިލިއަން ރުފިޔާ ބަލައިގަނެވުނުއިރު، 2023 ވަނަ އަހަރު ރައްދު ނުކުރެވި ހުރި ފައިސާ ހިމެނޭގޮތުން 47 މިލިއަން ރުފިޔާ ރައްދުކުރެވުނު ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން، ގެވެށި އަނިޔާއިން ރައްކާތެރިކުރުމާއި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ 117 އަމުރު ނެރެވުނެވެ. އަދި 2023 ވަނަ އަހަރު ޖުމްލަ 2،293 މައްސަލަ ހުށަހެޅުނުއިރު، އޭގެ ކުރީ އަހަރުގެ 318 މައްސަލައާއެކު 2،370 މައްސަލަ ނިންމާފައިވެއެވެ.

ފެމިލީ ކޯޓުން އިތުރަށް ހާމަކުރިގޮތުގައި، ފާއިތުވި އަހަރު ކޯޓަށް ހާޒިރުވުމަށް އަންގާ 12،096 އަމުރު ފޮނުވުނުއިރު، 4،101 ޝަރީޢަތުގެ އަޑުއެހުން ބޭއްވުނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%