Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އެމެރިކާއިން ވިޔަފާރީގެ ހަނގުރާމައެއް، ކެނެޑާއިން ހަރުކަށި އިންޒާރެއް!

ޖަވާދު
640 ދުވަސް ކުރިން - 18 ޖެނުއަރީ 2025 10:14
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ (ވ) ވިދާޅުވީ ވިޔަފާރީގެ ބޮޑު ހަނގުރާމައަކަށް އެމެރިކާއިން އިޢުލާން ކުރުމުން އެކަމުގެ ހަރުކަށި ރައްދު ކެނެޑާއިން ދޭނެ ކަމަށް.
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ (ވ) ވިދާޅުވީ ވިޔަފާރީގެ ބޮޑު ހަނގުރާމައަކަށް އެމެރިކާއިން އިޢުލާން ކުރުމުން އެކަމުގެ ހަރުކަށި ރައްދު ކެނެޑާއިން ދޭނެ ކަމަށް.
ޚުލާސާ

ކެނެޑާގެ އުފެއްދުންތަކަށް އެމެރިކާއިން ކަސްޓަމްސް ޑިއުޓީ ބޮޑުކުރާނަމަ ރައްދުގައި އެމެރިކާއިން އެތެރެކުރާ އޮރެންޖު ޖޫހާއި ކޮންސްޓްރަކްޝަން ސާމާނުތަކަށް "ޓްރަމްޕް ޓެކްސް” ގެ ނަމުގައި ކެނެޑާއިން ވެސް ޓެކްސް ނަގާނެ ކަމުގެ އިންޒާރުދީފި.

ކެނެޑާގެ މުދަލުން ކަސްޓަމްސް ޑިއުޓީ ބޮޑުކުރުމަށް އެމެރިކާގެ އަލަށް އިންތިޚާބުވި ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޕްލޭނަށް ކެނެޑާގެ ފޮރިން މިނިސްޓަރު މެލާނީ ޖޯލީ ހަރުކަށި ރައްދެއް ދެއްވައިފި އެވެ.

މެލާނީ ޖޯލީ އާއި ޙަވާލާދީ ނޫސް އެޖެންސީ އޭއެފްޕީ އިން ބުނާ ގޮތުގައި އެމެރިކާއިން ކެނެޑާގެ އުފެއްދުންތަކުން ކަސްޓަމްސް ޑިއުޓީ ބޮޑުކޮށްފިނަމަ، އޭގެ ޖަވާބުގައި އެމެރިކާ މީހުންނަށް "ޓްރަމްޕް ޓެކްސް" ނަގާނެ ކަމަށެވެ. މިއީ ހުކުރު ދުވަހު ޑޮނަލްޑް ޓްރަމްޕްގެ ވާހަކަފުޅަށްފަހު ވިޔަފާރީގެ މައްސަލައަށް ކެނެޑާއިން ދިން ފުރަތަމަ ވަރުގަދަ އަދި ރަސްމީ ޖަވާބެވެ.

އަންނަ ހަފްތާގައި އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާނެ ޑޮނަލްޑް ޓްރަމްޕް ވަނީ އިގްތިސާދީ އަދި ޚާރިޖީ ސިޔާސަތުގެ ޕްލޭންގެ ތެރެއިން ކެނެޑާއިން އެތެރެކުރާ މުދަލުން 25 ޕަސެންޓް ޓެރިފް ނަގާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މެކްސިކޯ، ޗައިނާ އަދި އެހެން ވިޔަފާރި ބައިވެރިންގެ ގައުމުތަކުން އެތެރެކުރާ މުދަލުން ވެސް ކަސްޓަމްސް ޑިއުޓީ ބޮޑުކުރާނެ ކަމަށް ވަނީ ހުށަހަޅުއްވާފައެވެ.

Advertisement

Advertisement 1

ވޮޝިންގްޓަންގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މެލާނީ ޖޯލީ ވިދާޅުވީ، "މިއީ އެމެރިކާ މީހުން އަޅުގަނޑުމެންނާއި ދެކޮޅަށް ވިޔަފާރީގެ ހަނގުރާމައެއް ފަށާނެ ގޮތް" ކަމަށެވެ. އަދި މިއީ ދިހަވަރަކަށް އަހަރު ފަހުން ކެނެޑާއާއި އެމެރިކާއާ ދެމެދު ބޮޑު ވިޔަފާރީގެ ހަނގުރާމައަކަށް ވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، ޓްރަމްޕް އެމަނިކުފާނުގެ އިޢުލާނާއި އެއްގޮތަށް ޢަމަލު ކުރައްވައިފި ނަމަ ކެނެޑާއިން ވެސް ވަނީ އަޅާނެ ފިޔަވަޅުތަކެއް ތައްޔާރުކޮށްފައި ކަމަށެވެ. އޮޓާވާގައި ތިބި ކެނެޑާ ސަރުކާރުގެ މަޞްދަރުތަކުން ބުނެފައިވަނީ އެމެރިކާއިން ނަގާ ޓެކްސްގެ ރައްދުގައި އެމެރިކާއިން އަންނަ މުދަލުން ކަސްޓަމްސް ޑިއުޓީ ބޮޑުކުރުމަށް ކެނެޑާގެ އޮފިޝަލުން ވިސްނާފައިވާ ކަމަށެވެ.

ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ކެނެޑާގެ ބޮޑުވަޒީރަށް ގަވަރުނަރު ކަމަށް ވިދާޅުވެ މަލާމާތް ކުރައްވަމުންނެވެ. ފައިލް ފޮޓޯ: އޭއެފްޕީ

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ވަނީ މިއީ މުޅި އެ ބައްރަށް ނުރައްކާވާނެ ކަމެއް ކަމަށް ވިދާޅުވެ މިކަމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާޅުވީ ކެނެޑާއާއި ކެނެޑާގެ ރައްޔިތުންގެ ދިފާޢުގައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ޓްރޫޑޯ ވިދާޅުވީ، "ހުށަހަޅާފައިވާ ޓެކްސްގެ ސަބަބުން އެމެރިކާގެ ވަޒީފާތަކަށް ނުރައްކާވެ، އެމެރިކާގެ ކޮންސިއުމަރުންނަށް އަގުތައް ބޮޑުވެ، އަޅުގަނޑުމެންގެ ޖަމާޢަތުގެ ސަލާމަތަށް ނުރައްކާވެ، މުޅި ބައްރަށް އަސަރުކުރާނެ" ކަމަށެވެ.

ކެނެޑާގެ ފޮރިން މިނިސްޓަރު މެލާނީ ޖޯލީ ވިދާޅުވީ، ފުރަތަމަ މަރުހަލާގައި ކެނެޑާ ސަރުކާރުން އެމެރިކާގެ ދަގަނޑުގެ އުފެއްދުންތަކާއި، ސެރަމިކްސް އާއި ބިއްލޫރި ސާމާނާއި އޮރެންޖް ޖޫހުގެ ޓެރިފް ބޮޑުކުރާނެ ކަމަށާއި، އެ ޓެރިފް ވެސް އިތުރުވެދާނެ ކަމަށެވެ.           

އެމެރިކާކެނެޑާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައި 3 ކުޑަކުދިންނާއި ޓީޗަރަކު މަރާލައިފި

އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައި 3 ކުޑަކުދިންނާއި ޓީޗަރަކު މަރާލައިފި

4 ދުވަސް ކުރިން - 14:08

އޯޕަންއޭއައިގެ އޮފީހުގައި އަޑުއަހާ ވަސީލަތެއް ހަރުކުރި ސައުދީ ރައްޔިތަކު އެމެރިކާއިން ހައްޔަރުކޮށްފި

4 ދުވަސް ކުރިން - 11:41

ޔޫއޭއީ އާއި އެމެރިކާއިން ހުރްމުޒް އިން ތެޔޮ ސްމަގްލް ކުރާ ކަމަށް

ޔޫއޭއީ އާއި އެމެރިކާއިން ހުރްމުޒް އިން ތެޔޮ ސްމަގްލް ކުރާ ކަމަށް

8 ދުވަސް ކުރިން - 12:47

ފަލަސްޠީނުގައި ޝަހީދުކޮށްލި އެމެރިކާ މުސްލިމުންގެ މައުލޫމާތު އިޒުރޭލުން ފޮރުވި ކަމަށް ތުހުމަތުކޮށްފި

ފަލަސްޠީނުގައި ޝަހީދުކޮށްލި އެމެރިކާ މުސްލިމުންގެ މައުލޫމާތު އިޒުރޭލުން ފޮރުވި ކަމަށް ތުހުމަތުކޮށްފި

10 ދުވަސް ކުރިން - 10:16

އެމެރިކާގެ 3 އެއަރކްރާފްޓް ކެރިއަރަކާއި 10،000 ސިފައިން މެދުއިރުމައްޗަށް

އެމެރިކާގެ 3 އެއަރކްރާފްޓް ކެރިއަރަކާއި 10،000 ސިފައިން މެދުއިރުމައްޗަށް

17 ދުވަސް ކުރިން - 12:39

ސައުދީ އާއެކު ވެވޭ ނިއުކްލިއަރ އެއްބަސްވުމަށް އެމެރިކާއިން ޑިސެމްބަރުގައި ވޯޓަށް އަހަނީ

ސައުދީ އާއެކު ވެވޭ ނިއުކްލިއަރ އެއްބަސްވުމަށް އެމެރިކާއިން ޑިސެމްބަރުގައި ވޯޓަށް އަހަނީ

17 ދުވަސް ކުރިން - 08:15