Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މޯލްޑިވިއަންގެ ބޮޑު ބޯޓުގައި ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގުތައް އާންމުކޮށްފި

މޯލްޑިވިއަންގެ ބޮޑު ބޯޓުގައި ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގުތައް އާންމުކޮށްފި

އަހްމަދު އީޒާން
510 ދުވަސް ކުރިން - 16 ޖެނުއަރީ 2025 13:34
މޯލްޑިވިއަން އާ ބޯޓު / ފޮޓޯ: ރައީސް އޮފީސް
މޯލްޑިވިއަން އާ ބޯޓު / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މޯލްޑިވިއަންގެ ވައިޑް ބޮޑީގެ ފުރަތަމަ ދަތުރު އޮތީ މި މަހު 22 ގައި ޗައިނާގެ ޗެންގްޑޫ އަށް.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑްބޮޑީ އެއާކްރާފްޓް، އޭ330 އިން ޗައިނާއަށް ކުރާ ދަތުރުތަކުގެ އަގުތައް އިއްޔެ އާންމުކޮށް ބުކިންއަށް ހުޅުވާލައިފި އެވެ.

މޯލްޑިވިއަންގެ ވައިޑް ބޮޑީގެ ފުރަތަމަ ދަތުރު އޮތީ މި މަހު 22 ގައި ޗައިނާގެ ޗެންގްޑޫ އަށެވެ.

ޗެންގްޑޫއަށް ޓިކެޓް ވިއްކަނީ ދެކޮޅަށް 688 ޑޮލަރު (10،610ރ.) އަށެވެ.

Advertisement

Advertisement 1

މޯލްޑިވިއަން އިން ބުނީ ޗައިނާގެ ބެއިޖިންއަށް ފުރަތަމަ ދަތުރު އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށާއި އެ ދަތުރަށް ދެކޮޅު ޓިކެޓުގެ އަގަކީ 788 ޑޮލަރު (12،151ރ.) ކަމަށެވެ.

ޗައިނާގެ ވެރިރަށް ޝެންހާއީއަށް ކުރާ ފުރަތަމަ ދަތުރު މި މަހު 27 އަށް ޝެޑިއުލް ކޮށްފައިވާއިރު، ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.

މީގެން ކޮންމެ ދަތުރެއްގައި 40 ކިލޯގެ ބޮޑު ބެގޭޖް އެލަވަންސެއް ލިބެ އެވެ.

މޯލްޑިވިއަންގެ މި އާ ބޯޓުގައި ތިން ކުލާހެއް ހިމެނެ އެވެ. އެއީ ބިޒްނަސް އަށް 18 ގޮނޑި އާއި ފްރިމިއަމް އެކޮނަމީއަށް 36 ގޮނޑި އާއި އިކޮނޮމީ ކުލާހުގައި 210 ގޮނޑި އެވެެ. ޖުމްލަ 264 މީހުންނަށް މި ބޯޓުގައި ދަތުރުކުރެވެ އެވެ.

މޯލްޑިވިއަންގެ އާ ބޯޓު ގެނައީ މި މަހުގެ ހަ ވަނަ ދުވަހު އެވެ. މި ބޯޓާއި އެކު ޗައިނާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުކުރެވޭނެ ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.

ޗައިނާމޯލްޑިވިއަން
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން  ހައި ޓެކް ޑްރޯނެއް ދައްކާލައިފި

އުސް އިމާރާތްތަކުގައި ރޯވާ އަލިފާން ނިއްވަން ޗައިނާއިން ޑްރޯނެއް ދައްކާލައިފި

6 ދުވަސް ކުރިން - 23:06

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

12 ދުވަސް ކުރިން - 22:03

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ

ޗައިނާގެ ކާރު އުފައްދާ ކުންފުނިތަކާ ވާދަކުރުމުގައި އެހެން ގައުމުތަކަށް ގޮންޖެހުން!

13 ދުވަސް ކުރިން - 17:08

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

ޗައިނާގައި ހިނގި އެކްސިޑެންޓުގައި 13 މީހުން މަރުވެއްޖެ

13 ދުވަސް ކުރިން - 11:09

އެންވީޑިއާގެ 200 ބިލިއަން ޑޮލަރުގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ ކަމަށް ސީއީއޯ ވިދާޅުވެއްޖެ

އެންވީޑިއާގެ ސީޕީޔޫ މާކެޓް އަންދާޒާގައި ޗައިނާ ހިމެނޭ

18 ދުވަސް ކުރިން - 23:16

ޗައިނާގައި ބާރުގަދަ ގޭސް ގޮވުމެއް ހިނގައި 90 މީހުން މަރުވެއްޖެ

ޗައިނާގެ ގޭސް ގޮވުމެއް ހިނގައި 90 މަރު!

18 ދުވަސް ކުރިން - 13:09