Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބައްސާމުގެ މައްސަލައިގައި ދެވަނަ ވަކީލު ވެސް ތަނާޒުލުވެއްޖެ

ބައްސާމުގެ މައްސަލައިގައި ދެވަނަ ވަކީލު ވެސް ތަނާޒުލުވެއްޖެ

އާނާ ފަހީމް
505 ދުވަސް ކުރިން - 16 ޖެނުއަރީ 2025 13:14
ބައްސާމުގެ މައްސަލައިގައި ދެވަނަ ވަކީލު ވެސް ތަނާޒުލުވެއްޖެ
ޚުލާސާ

ބައްސާމް ފަހުން އައްޔަނުކުރި ވަކީލުވެސް މައްސަލައިން ތަނާޒުލްވެފައިވާ ކަމަށް މިއަދު ސިޓީއަކުން ކޯޓަށް އަންގައިފި. ބައްސާމްގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިން އާއި ހިޔާނާތްތެރިވުމުގެ ހަތަރު ދައުވާ، ކޯޓުން ނިންމާފައިވަނީ ޝަރީއަތް އެކީގައި ކުރިއަށްގެންދަން.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ހިޔާނާތުގެ މައްސަލައިގައި ދެވަނަ ގާނޫނީ ވަކީލުވެސް މައްސަލައިން ތަނާޒުލްވެއްޖެ އެވެ.

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވި ގޮތުގައި، ބައްސާމް ފަހުން އައްޔަނުކުރި ވަކީލުވެސް މައްސަލައިން ތަނާޒުލްވެފައިވާ ކަމަށް މިއަދު ސިޓީއަކުން ކޯޓަށް އަންގާފައިވެއެވެ. މީގެ ކުރިން ބައްސާމްގެ ފުރަތަމަ ވަކީލު ވެސް ވަނީ މައްސަލައިން ތަނާޒުލްވެފައެވެ.

ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިން އާއި ހިޔާނާތްތެރިވުމުގެ ހަތަރު ދައުވާ އުފުލާފައިވާއިރު، ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ހަތަރު ދައުވާގެ ޝަރީއަތް އެކީގައި ކުރިއަށްގެންދާށެވެ.

Advertisement

Advertisement 1

މިއަދުގެ އަޑުއެހުމުގައި، ބައްސާމް ވިދާޅުވެފައިވަނީ ޝަރީއަތުގައި ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ އައު ވަކީލަކު އައްޔަނުކުރަން ބައްސާމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި މި މަހުގެ 30 ވަނަ ދުވަހަށް އިތުރު އަޑުއެހުމެއް ތާވަލުކޮށްފައިވެއެވެ.

ގާޒީ އިތުރަށް ވިދާޅުވެފައިވަނީ، އެ އަޑުއެހުމާއި ހަމައަށް ވަކީލަކު އައްޔަން ނުކުރެވޭނެ ނަމަ، ދައުވާތަކަށް އަމިއްލައަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

ބައްސާމްގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި، ފީފާއިން ފޮނުވި ފައިސާއަށް ހިޔާނާތްތެރިވުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުން ހިމެނެއެވެ. މި މައްސަލައިގައި ފީފާއިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ސަސްޕެންޑް ކޮށްފައެވެ.

އެފްއޭއެމްބައްސާމް އަދީލް ޖަލީލް
Ad
Ad

ގުޅޭ ޚަބަރުތައް

ވީހާވެސް ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

ގިނަ ބަޔަކަށް މެޗުތައް ބެލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެފްއޭއެމްއިން ޓިކެޓު އަގުހެޔޮކޮށްފި

2 ދުވަސް ކުރިން - 10:38

ވަގުތީ ގޮތުން ގެއަށް ބަދަލުކުރުމަށްފަހު ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

ބައްސާމް އަލުން ޖަލަށް ބަދަލުކޮށްފި

80 ދުވަސް ކުރިން - 14:57

ހުޅުމާލޭ ފުޓްބޯޅަ ސްކޫލްގެ ބިން ބޭނުންކޮށްގެން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

ފުޓްބޯޅަސްކޫލް ޕްރޮޖެކްޓުން 29 މިލިއަން ރުފިޔާގެ ހިޔާނާތެއް

92 ދުވަސް ކުރިން - 16:47

އަމިން ކުންފުނީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

އަމިން ކުންފުންޏަށް ކުށް ސާބިތުނުވި މައްސަލަ އިސްތިއުނާފްކޮށްފި

95 ދުވަސް ކުރިން - 15:49

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އަގީލް ރާއްްޖެގެނެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

96 ދުވަސް ކުރިން - 16:28

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

އެރީނާގެ ބިން ހުސްކުރަން އިތުރު ފުރުސަތެއް

125 ދުވަސް ކުރިން - 10:22

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%