Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޣައްޒާ ސުންނާފަތިކޮށްލި އެމެރިކާ އަށް ކޯފާއެއް ކުރިމަތިވެ ޕެރެލައިޒް ވެއްޖެ

ޣައްޒާ ސުންނާފަތިކޮށްލި އެމެރިކާ އަށް ކޯފާއެއް ކުރިމަތިވެ ޕެރެލައިޒް ވެއްޖެ

އައިޝަތު އީމާން
547 ދުވަސް ކުރިން - 15 ޖެނުއަރީ 2025 09:18
ޣައްޒާ ސުންނާފަތިކޮށްލި އެމެރިކާ އަށް ކޯފާއެއް ކުރިމަތިވެ ޕެރެލައިޒް ވެއްޖެ
ޚުލާސާ

ޣައްޒާ ރައްޔިތުން ކަނުއަނދިރީގައި ތިބިއިރު ލޮސް އެންޖެލިސްގައި ތިބި އިސްރާއީލް ޔަހޫދީ ރައްޔިތުންނަށް ވެސް ކަރަންޓާއި ބޯނެ ފެނެއް ނެތް. ފެން ޝޯޓޭޖާއި، ވައި ތަޣައްޔަރުވެ އެ މީހުންނަށް ވެސް ވަނީ ނޭވާލުމަށް އުނދަގޫވެފަ.

ޔަހޫދީ ހައްދުފަހަނައެޅި އިސްރާއީލަށް ފައިސާ އާއި ހަތިޔާރާއި ސިފައިން ދީގެން ފަލަސްޠީނުގެ ޣައްޒާ ނެތިކޮށްލުމަށް މަސައްކަތްކުރީ އެމެރިކާ އަޑީގައި އޮވެގެންނެވެ. މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް އެހީތެރިވީ އެމެރިކާގެ މުއްސަނދި ޔަހޫދީ އިންވެސްޓަރުންނާއި އެމީހުންނާއި ގުޅިފައިވާ ސަރުކާރެވެ. މީގެތެރެއިން ގިނަ މުއްސަނދިން ދިރިއުޅެނީ ލޮސް އެންޖެލިސް ގައެވެ.

2023-2024 ވަނަ އަހަރު ލޮސް އެންޖެލިސްހެ ޖެނެރަލް ފަންޑަށް ލިބުނު ގާތްގަނޑަކަށް 7.90 ބިލިއަން ޑޮލަރުން ބައެއް އެމެރިކާ ސަރުކާރުގެ ތެރެއިން އިސްރާއީލަށް ހިއްސާ ކުރެވުނެވެ..

ލޮސް އެންޖެލިސް އިން އިސްރާއީލް ސަރުކާރަށް އެހީވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެތަނަކީ ޔަހޫދީންނާއި އިސްރާއީލުގެ މުހިންމު މަރުކަޒެވެ. އެތަނުގައި އޮންނަނީ އިސްރާއީލާ ސަގާފަތެވެ. އިސްރާއީލްގެ ވިޔަފާރިތަކެވެ. އެމެރިކާގެ އެންމެ ބޮޑު އެއް ޔަހޫދީ އާބާދީއެއް އޮންނަނީ ވެސް ލޮސް އެންޖެލިސްގައެވެ. ފަލަސްތީނުނމުސްލިމުން ދިރިހުއްޓައި އަންދާލި މީހުންނަކީ އިސްރާއީލް މީހުންނެވެ. ލޮސްއެންޖެލިސްގައި ތިބީ އިސްރާއީލް މަހުޖަނުންނެވެ. ގާތްގަނޑަކަށް 600،000 އާބާދީއެއް އޮންނަ މި ސިޓީ ކޮންޓުރޯލް ކުރަނީ އިސްރާއީލް ރައްޔިތުންނެވެ.

Advertisement

Advertisement 1

އިސްރާއީލުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުން ވަނީ ލޮސް އެންޖެލިސްގައި ރިއަލް އެސްޓޭޓް، ޓެކްނޮލޮޖީ، އަދި މުނިފޫހިފިލުވުން ފަދަ ދާއިރާތަކަށް އެހީތެރިވެދީފަ އެވެ. ލޮސް އެންޖެލިސްގެ ހައިޓެކް ސްޓާޓްއަޕްތަކުން ފެށިގެން ރިއަލް އެސްޓޭޓް ތަރައްގީއާއި ހަމައަށް ހުރިހާ ކަމެއްގައިވެސް އޮތީ ޔަހޫދީ އިސްރާއީލެވެ. މި ސަބަބާއިހެދި ލޮސް އެންޖެލިސް އަކީ ހާއްސަކޮށް އިސްރާއީލުގެ ސިޓީއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތަނެކެވެ.

މިއީ ކަން އޮތް ގޮތެވެ. މިއަދު ޣައްޒާ ފަނާކޮށްލި މީހުން ލޮސް އެންޖެލިސްގައި ތިބެގެން ރޮނީއެވެ. އެމީހުންގެ ލޯ ކުރިމަތީގައި އެމީހުންގެ އަގުބޮޑެތި ގެތަކާއި ކާރުތައް އަނދައި ހުލިވާއިރު ފަޔަފައިޓަރުންނަށް އަލިފާން ނިއްވައެއް ވެސް ނުލެވުނެވެ. ކޮލެޓީ އަލިފާން ނިއްވާ ސިސްޓަމްތައް މަސައްކަތެއް ނުކުރެއެވެ. އެކި ސިޓީސިޓީތަކުން އާލާތްތަކާއި މީހުން ގެނެސް މަސައްކަތް ކުރިޔަސް އަލިފާން ނުނިވި، ލިބެމުންދާ ގެއްލުން ހައްތަހާ ދަނީ އިތުރުވަމުންނެވެ .ހުރިހާ ދިމާލެއް އޮތީ ޕެރެލައިޒް ވެފައެވެ.

ހާދިސާތައް ފުލުފުލުގައި އިތުރުވަމުންދާތީވެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ. އިއްޔެގެ ނިޔަލަށް، ލޮސް އެންޖެލެސް އާއި އެ ސަރަހައްދުގެ އެހެން ތަންތަނުގައި މަދުވެގެން 25 މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި މި އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން 12،000 އަށްވުރެ ގިނަ އިމާރާތް ވަނީ ހަލާކުވެފައެވެ. ޔަހޫދީންގެ މޮޅު ޓެކްނޮލޮޖީން މި ޢިމާރާތްތައް ސަލާމަތެއް ނުކުރެވުނެވެ. 88،000 އާ ގާތްކުރާ އަދަދެއްގެ މީހުން ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ބަދަލުކުރެވިފައެވެ.

މޫސުން ގޯސްވެ، ވައި ގަދަވެ، ވައިގައި ތެތްކަން ދަށްވުމުގެ ސަބަބުން އަލިފާން ފެތުރެމުންދާ ސްޕީޑު އިތުރުވެ، އިތުރު އާ އަލިފާނުގެ ހާދިސާތައް ވެސް ހިނގަން ފަށައިފިއެވެ. އީޓަން ފަޔަރ އަދި ޕެލިސޭޑްސް ފަޔަރގެ ނަމުން މަޝްހޫރުވެފައިވާ ދެ އަލިފާނުގެ ހާދިސާއަކީ މިހާތަނަށް އެންމެ ބޮޑަށް ގެއްލުން ދީފައިވާ ދެ ހާދިސާއެވެ. އަދި ރިވަރސައިޑް ކައުންޓީގައި އައު އަލިފާނުގެ ހާދިސާއެއް މިހާރުމވަނީ ފެށިފައެވެ. ވައިގަދަވަމުންދާތީ، އަލިފާން ނިއްވުމުގެ މަސައްކަތަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ދަނީ އިންޒާރު ދެމުންނެވެ.

އެމެރިކާގެ ހަތިޔާރުތަކުން ޣައްޒާ ސުންނާފަތިކޮށްލިއިރު، މިއަދު އެމެރިކާއަށް ދިމާވި މި މުސީބާތުގައި ބޮޑެތި ގެއްލުންތައް ވެއްޖެއެވެ. އެ ގެއްލުންތަކުގެ އަގު 135 ބިލިއަން އާއި 150 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގައި ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

ޣައްޒާ ރައްޔިތުން ކަނުއަނދިރީގައި ތިބިއިރު އެމެރިކާގައި ތިބި އިސްރާއީލް ޔަހޫދީ ރައްޔިތުންނަށް ވެސް ކަރަންޓު ނުލިބެއެވެ. ޣައްޒާ ރައްޔިތުން ބޯނެ ފެނެއް ނެތެވެ. ލޮސް އެންޖެލިސްގެ ރައްޔިތުންނަށް ވެސް މިއަދު ދިމާވެފައިވަނީ ހަމަ އެ މައްސަލައެވެ. ފެން ޝޯޓޭޖާއި، ވައި ތަޣައްޔަރުވެ ލޮސް އެންޖެލިސްގައި ތިބި ޔަހޫދީންނަށް ވެސް ވަނީ ނޭވާލުމަށް އުނދަގޫވެފައެވެ. މިއީ އިމްތިޙާނެއް ކަމަށް ޣައްޒާ ރައްޔިތުން ސިފަކުރާއިރު، ދުނިޔޭގެ ގިނަ މުސްލިމުން ވެސް އެކި ޕްލެޓްފޯމްތަކުގައި ބުނަމުންދަނީ އެމެރިކާގެ ޔަހޫދީންނަށް މިއަދު ކުރިމަތިވެފައި ވަނީ ކޯފާއެކެވެ. ގިނަ މީހުން ޤަބޫލުކުރަނީ ވެސް ހަމަ އެހެންނެވެ.          

އެމެރިކާ
Ad
Ad

8 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަސްލު

547 ދުވަސް ކުރިން - 10:44

" ކޮލިޓީ އަލިފާން " ނުނިއްވޭންނު ! ވިދާޅުވާން އުޅޭ އެތި ރަނގަޅުބާ !

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

1 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

2 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

5 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

5 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

6 ދުވަސް ކުރިން - 06:41

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

6 ދުވަސް ކުރިން - 21:05