ޑިމޮކްރެޓްސް އަށް 10،000 ހަމަކުރަނީ

އުސްތާޛް މުޙައްމަދު ޢަލީ | 320 ދުވަސް ކުރިން - 15 ޖެނުއަރީ 2025 07:17
ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ހުސެއިން ފިރުޝާން.
ދަ ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ހުސެއިން ފިރުޝާން.
ޚުލާސާ

އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގެ ނިޔަލަށް ޑިމޮކްރެޓްސްގައި ތިބީ 4،328 މެމްބަރުން.

ދަ ޑިމޮކްރެޓްސް އަށް މިއަހަރުތެރޭ 10،000 މެންބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން ފަށައިފިއެވެ.

ޑިމޮކްރެޓްސްގެ ވަގުތީ ރައީސް ހުސެއިން ފިރުޝާން ވިދާޅުވެފައިވަނީ މި އަހަރު ނިމުމުގެ ކުރިން އެ ޕާޓީގެ މެމްބަރުންގެ އަދަދު 10،000 އަށް ވުރެ އިތުރުކުރުމަކީ އެ ޕާޓީގެ އަމާޒެއް ކަމަށެވެ.

ފިރުޝާން ވިދާޅުވި ގޮތުގައި މިދިޔަ 7 މަސް ދުވަހުގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ އަދަދަށް ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބިފައިވެއެވެ. މިކަން ދައްކުވައިދެނީ ޑިމޮކްރެޓްސްއާ މެދު ރައްޔިތުންގެ ޝައުގުވެރިކަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 ގެ ނިޔަލަށް ޑިމޮކްރެޓްސްގައި ތިބީ 4،328 މެމްބަރުންނެވެ.

ނަމަވެސް، މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އުފެއްދި ޑިމޮކްރެޓްސްގެ އިސްސަފުގައި ތިބި ބައެއް މެމްބަރުން ވަނީ އެ ޕާޓީ ދޫކޮށް އިދިކޮޅު އެމްޑީޕީއާ ގުޅިފައެވެ. މީގެ ތެރޭގައި ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފް، ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އަދި ކުރީގެ އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ހިމެނެއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ މިވަގުތު ދަ ޑިމޮކްރެޓްސްގައި އަމަލީ ގޮތުން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%