Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރައީސް ނަޝީދު އިސްވެ އުފެއްދި ޑިމޮކްރެޓްސް އިން ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރެނީ

ރައީސް ނަޝީދު އިސްވެ އުފެއްދި ޑިމޮކްރެޓްސް އިން ލޯކަލް ކައުންސިލް އިންތިހާބަށް ކެންޑިޑޭޓުން ނެރެނީ

އައިޝަތު ރުވާ ރިފްޢަތު
144 ދުވަސް ކުރިން - 18 ޖެނުއަރީ 2026 22:54
"ދަ ޑިމޮކްރެޓްސް" ގެ ބައެއް ބޭފުޅުން 2023 ވަނަ އަހަރު އީސީ ދޮށުގައި---
"ދަ ޑިމޮކްރެޓްސް" ގެ ބައެއް ބޭފުޅުން 2023 ވަނަ އަހަރު އީސީ ދޮށުގައި---
ޚުލާސާ

މިދިޔަ އަހަރު އެ ޕާޓީ އުވާލަން ނިންމެވިއިރު ރައީސް ނަޝީދުގެ އިތުރުން ގިނަ މެންބަރުންތަކެއް ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައި.

ރައީސް ނަޝީދާއި އިބްރާހިމް ސޯލިހުގެ ފެކްޝަނާ ދެމެދު ކޯޅުން އުފެދި 2023 ވަނަ އަހަރު ނަޝީދުގެ ފެކްޝަނުން އުފެއްދި ދަ ޑިމޮކްރެޓްސް އިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވަން ނިންމައިފި އެވެ.

ރައީސް ނަޝީދު އިސްވެ އުފެއްދެވި ޑިމޮކްރެޓްސް އިން ވަކިވެ އެމަނިކުފާނު ވަނީ އަލުން އަނބުރާ ނިމިދިޔަ އަހަރުގެ ޖޫން މަހު އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. ނަޝީދާއެކު ޑިމޮކްރެޓްސްގެ ގިނަ އިސްވެރިންތަކެއް އެމްޑީޕީއާ ގުޅިފައިވާއިރު، ދަ ޑިމޮކްރެޓްސް އުވާލަން ވެސް ނިންމެވި އެވެ.

Advertisement

Advertisement 1

ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި 2028 ވަނަ އަހަރު ރައީސް ޑރ. މުޢިއްޒުގެ ވެރިކަން ނިންމެވުމުގެ މަގްސަދުގައި ރައީސް ނަޝީދުގެ އިތުރުން ގިނަ މެންބަރުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަން ނިންމެވިއިރު، ނަޝީދާއި ސޯލިހުގެ ފެކްޝަނާ ދެމެދު އަދިވެސް ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވެ އެވެ.

މީގެ އެންމެ ބޮޑު ހެއްކަކީ ޗެއާޕާސަން ކަމުގެ މަގާމުން ފައްޔާޒު އިސްމާއިލް ވަކިވެ، އެ މަގާމަށް މީހަކު އިންތިހާބުކުރުމަށް ބޭއްވި ޖަލްސާގައި ހިޔާލުތަފާތުވެ ދެ ފެކްޝަނުން ހޫނުކުރުމެވެ. އެ ޖަލްސާގައި މީހަކު އިންތިހާބުނުކުރެވުނު ނަމަވެސް ފަހުން ވަނީ އިތުރު ޖަލްސާއެއް ބާއްވާ އެ މަގާމަށް މީހަކު އިންތިހާބުކޮށްފަ އެވެ.

މީގެ އިތުރުން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު، އިބްރާހިމް ސޯލިހަށް ބަހުގެ ހަމަލާތަކެއް ފޮނުވައި ޒުވާބެއް ހިންގާފައިވާކަން ވެސް ފާހަގަކުރެވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ދެ ފެކްޝަނުން، އާދަމް އާޒިމާއި އަލީ އާޒިމް ޝައުގުވެރިކަން ފާޅުކޮށްފައިވާތީ މިދިޔަ ހުކުރު ދުވަހު ނެގުނު ޕްރައިމަރީ ވޯޓުގައި އާދަމް އާޒިމް ވަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބުކޮށްފަ އެވެ.

އިންތިހާބަށް ފަހު ދެ ފެކްޝަނުންވެސް ދިޔައީ އެކުގައި ތިބިކަން ދެއްކުމުގެ ގޮތުން ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ. އެހެން ނަމަވެސް މިރޭ މި ފެންނަން ފެށީ އެހެން މަންޒަރެކެވެ.

ދަ ޑިމޮކްރެޓްސް އިން ކުރިއަށް އޮތް ލޯކަލް ކައުސިލް އިންތިހާބަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައި މިވަނީ އެ ޕާޓީ އުވާލަން ވެސް ޕާޓީގެ އިސްވެރިން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

ދަ ޑިމޮކްރެޓްސް އުވާލަން އެ ޕާޓީގެ ނެޝަނަލް އެސެމްބްލީން ނިންމީ 2025 ވަނަ އަހަރު ޖޫން މަހުގެ 17 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ގަރާރެއް ފާސްކޮށްގެންނެވެ. އެހެންކަމުން ކުރިއަށް އޮތް އިންތިހާބުގައި އެ ޕާޓީން ވާދަކުރަން ނިންމެވި މަގްސަދު ސާފެއް ނޫނެވެ.

ދަ ޑިމޮކްރެޓްސްލޯކަލް ކައުންސިލް އިންތިޚާބު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން ރޫޅާލައިފި؛ ޔާމީނުގެ ޕީއެންއެފް ސަލާމަތްވީ ކިރިޔާ

އެމްޑީޕީ ރޫޅާލަން ނަޝީދު ހެއްދެވި ޑިމޮކްރެޓްސް އިލެކްޝަނުން އުވާލައިފި

8 ދުވަސް ކުރިން - 18:13

ހަމާސް އިން ބޮއިކޮޓް ކުރި އިންތިޚާބު މަހުމޫދު ޢައްބާސް ކާމިޔާބު ކުރައްވައިފި

ހަމާސްއިން ބޮއިކޮޓްކުރި އިންތިޚާބު މަހުމޫދު އައްބާސް ކާމިޔާބުކުރައްވައިފި

45 ދުވަސް ކުރިން - 11:05

ހޮނިހިރު ދުވަހު ޣައްޒާގައި އިންތިޚާބު ބާއްވަނީ، ޙަމާސް ނުހިމެނޭ!

ހޮނިހިރުދުވަހު ޣައްޒާގައި އިންތިޚާބު ބާއްވަނީ، ޙަމާސް ނުހިމެނޭ!

50 ދުވަސް ކުރިން - 21:34

ދާއިމީ ނަތީޖާ: ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

ޕީއެންސީއަށް ޖުމްލަ 584 ގޮނޑި، އެމްޑީޕީއަށް 563

53 ދުވަސް ކުރިން - 14:51

ކެލާއާއި މާވަށުގެ ޑަބްލިއުޑީސީ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީއިން

ކެލާއާއި މާވަށުގެ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީއަށް

54 ދުވަސް ކުރިން - 19:07

ނިމިދިޔަ އިންތިހާބުން އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ލިބިއްޖެ، މަސައްކަތްކުރާނީ ރައްޔިތުން އެދޭ ގޮތަށް: ޝުޖާއު

ނިމިދިޔަ އިންތިހާބުން އަޅުގަނޑުމެންނަށް ފިލާވަޅުތަކެއް ލިބިއްޖެ: ޝުޖާއު

56 ދުވަސް ކުރިން - 01:29