Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީގެ ކުލަ ފަނޑުވަނީ ދޮގު ހަދައިގެން ސިޔާސީ ބިންގާ އަޅަން އުޅޭތީ: މަމްދޫޙު

އެމްޑީޕީގެ ކުލަ ފަނޑުވަނީ ދޮގު ހަދައިގެން ސިޔާސީ ބިންގާ އަޅަން އުޅޭތީ: މަމްދޫޙު

އަައިޝަތު ޒީނާ
593 ދުވަސް ކުރިން - 15 ޖެނުއަރީ 2025 02:59
ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު. / ފޮޓޯ: މަޖިލިސް
ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު. / ފޮޓޯ: މަޖިލިސް
ޚުލާސާ

މަމްދޫޙު ވިދާޅުވީ މި ސަރުކާރުން އަދި އަދަށްވެސް ފައިސާ ޗާޕު ނުކޮށް ޚަރަދުތައް ކުޑަކޮށް ޚަރަދުތައް ފޫބައްދަމުން އެމްޑީޕީން ނެގި ރިކޯޑު ލޯނުތައްވެސް ބަރާބަރަށް ދައްކަމުންދާ ވާހަކަ ދައްކަން ޖެހޭ ކަމަށް.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކުލަ ފަނޑުވަނީ ދޮގު ހަދައިގެން ސިޔާސީ ބިންގާ އަޅަން އުޅޭތީ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު ވިދާޅުވެއްޖެއެވެ.

މަމްހޫޙު މިފަދައިން ވިދާޅުވީ މި ސަރުކާރުން އަލަށް ޗާޕްކުރި 100 ރުފިޔާގެ ނޫޓުން ކުރީ ސަރުކާރުން ޗާޕްކުރި 100 ގެ ނޫޓަށް ވުރެ ގިނަ އެއްޗެހި ގަނެވޭނެ ކަމަށް އޭނާ ވިދާޅުވިކަމަށް ބުނެ ހަދާފައިވާ ޕޯސްޓަކަށް އެކްސްގައި ރައްދު ދެއްވަމުންނެވެ.

އެ ޕޯސްޓަށް ރައްދު ދެއްވާ މަމްދޫޙު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ވާހަކައަކީ އެއްވެސްތާކު، އެއްވެސް އިރެއްގައި ވިދާޅުފައި ނޯންނާނެ ވާހަކައެއް ކަމަށާއި، އެ ވާހަކަ ބުނި ކަމަށް ހަދަން ފައިމުޑި ނެގިޔަސް އެކަމެއް ނުވާނެ ކަމަށެވެ. 

Advertisement

Advertisement 1

މަމްދޫޙު ވިދާޅުވީ ‏ބާރަށް މިއަދުވެސް ދައްކަންވީ، 2018 އިން 2023 އަށް އެމްޑީޕީން ޚަރަދުތައް ފަރުޖައްސާ ވައްކަން ކުރަން 8 ބިލިއަން ޗާޕު ކުރިވާހަކަ ކަމަށެވެ. އެއާއެކު، ދިވެހި ފައިސާ ނިކަމެތިވެ، ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމަށް ބާރުދެވި، ބޮޑުކުރި ޖީއެސްޓީއާއެކު، ތަކެތީގެ އަގުތައް އަރައިގެން ދިޔަ ވާހަކަ ދައްކަން ޖެހޭ ކަމަށް މަމްދޫޙު ވިދާޅުވިއެވެ.

މަމްދޫޙު ވިދާޅުވީ މި ސަރުކާރުން އަދި އަދަށްވެސް ފައިސާ ޗާޕު ނުކޮށް ޚަރަދުތައް ކުޑަކޮށް ޚަރަދުތައް ފޫބައްދަމުން އެމްޑީޕީން ނެގި ރިކޯޑު ލޯނުތައްވެސް ބަރާބަރަށް ދައްކަމުންދާ ވާހަކަވެސް ދައްކަން ޖެހޭ ކަމަށެވެ. އަފި ދިވެހި ފައިސާގެ އަގު ހަމަ ހިސާބަށް އަލުން ގެނައުމަށް، ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ނަގާފައިވާ ހަރުދަނާ ސްޓޭންޑްތަކުގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށް މަމްދޫޙު ވިދާޅުވިއެވެ.

މަމްދޫޙު ވިދާޅުވީ އެމްޑީޕީގެ މުޅި މޫނުމަތީގެ އަގު ވެއްޓި، ސިޔާސީ ޕާޓީއެއްގެ އަސްލު ކުލަ ފަނޑުވަނީ، މި ކަހަލަ ދޮގުން ސިޔާސީ ބިންގާ އަޅަން އެމްޑީޕީގެ ބައެއް މެންބަރުން އުޅޭތީ ކަމަށެވެ.

އެމްޑީޕީމެމްބަރު މުހައްމަދު މަމްދޫހު
Advertisement
Advertisement

ގުޅޭ ޚަބަރުތައް

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

2 ދުވަސް ކުރިން - 10:23

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

7 ދުވަސް ކުރިން - 13:11

ރިޕޯޓް: ތިލަމާލެ ބްރިޖު – ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

ތިލަމާލެ ބްރިޖު – ރައީސް މުއިއްޒުގެ ސަރުކާރުގައި ހޯދާފައިވާ ތާރީހީ ކުރިއެރުންތައް

8 ދުވަސް ކުރިން - 18:55

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ދައުލަތުގެ ބަޖެޓު ދަވައިލި

އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުންފުނިތައް 36,000 މުވައްޒަފުންނަށް ފުރާލައި، ބަޖެޓު ދަވައިލި

13 ދުވަސް ކުރިން - 10:56

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

އެމްޑީޕީގެ ވެރިކަމުގައި މެންބަރުންނަށް ދޭންފެށި އިންޝޫރެންސް އިނާޔަތް ކަނޑާލަން ގޮވާލަނީ!

13 ދުވަސް ކުރިން - 17:30

އެމްޑީޕީ ތެރޭގައި ބޮޑު ގޮވުމެއް؟ ރައީސް ޞާލިހްގެ މި ނިންމެވުމާއެކު ސިޔާސީ މަސްރަހު ހޫނުވެއްޖެ!

އެމްޑީޕީ ތެރޭގައި ބޮޑު ގޮވުމެއް؟ ރައީސް ޞާލިހްގެ ނިންމެވުމާއެކު މަސްރަހު ހޫނުވެއްޖެ!

17 ދުވަސް ކުރިން - 16:16

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%