ވެމްކޯގެ ތިނަދޫ އޮފީހުން ތިނަދޫގެ ސްކޫލްތަކާއެކު ކުނި ވަކިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ވެމްކޯއިން ބުނީ ވެމްކޯ ތިނަދޫ އޮޕަރޭޝަނުން އިސްނަގައިގެން ގދ. އަތޮޅު ތަޢުލީމީ މަރުކަޒާ، އަބޫބަކުރު ސްކޫލާއެކު ކުނި ވަކިކުރުމާ ބެހޭގޮތުން މަޝްވަރާ ބައްދަލުވެމެއް ބާއްވާފައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި ހުރިހާ ދަރިވަރުންނަށްވެސް ކުނި ވަކިކުރުމުގެ މުހިންމުކަމުގެ ވާހަކަ މަޝްވަރާކުރެވުނު ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯގެ ތިނަދޫ ޓީމުން ވަނީ އަބޫބަކުރު ސްކޫލުގެ ކީ ސްޓޭޖް 2 ގެ ދަރިވަރުންނަށް ކުނި ވަކިކުރުމާ ބެހޭ މަޢުލޫމާތު ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ކުނި ވަކިކުރުމުގައި ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި، ސާފު ވެއްޓެއްގެ މުހިންމުކަން ޙިއްސާކޮށްފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.

ވެމްކޯގެ ތިނަދޫ ޓީމުން އަބޫބަކުރު ސްކޫލުގެ ކީ ސްޓޭޖް 2 ގެ ދަރިވަރުންނަށް ކުނި ވަކިކުރުމާ ބެހޭގޮތުން ކުރިއަށްގެންދިޔަ މަޢުލޫމާތު ސެޝަން. / ފޮޓޯ: ވެމްކޯ
ވެމްކޯގެ ޚިދުމަތް ތިނަދޫ ސިޓީގައި ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 4 ގައެވެ.
ވެމްކޯއިން ތިނަދޫ ސިޓީގައި ވިޔަފާރިތަކުން ލީޓަރަކަށް 0.16 ރުފިޔާ ނަގާއިރު ގޭބިސީތަކުން 150 ރުފިޔާ، ސަރުކާރު އޮފީސްތަކުން ލީޓަރަކަށް 1.27 ރުފިޔާ އަދި ކޮމާޝަލް ގޭޓްފީގެ ގޮތުން ޓަނޭޖަކަށް 2660 ރުފިޔާ ނަގައެވެ.









