ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާގެ ނަމުގައި ހުށަހެޅި އިލެކްޝަންސް ކޮމިޝަނުން ބާޠިލް ކޮށްފިއެވެ.
އީސީން ބުނީ ވައިކަރަދޫ ދާއިރާގެ މެންބަރުގެ ނަމުގައި ހުށަހަޅާފައުވާ ފޯމުގެ މައްސަލަ އެފަރާތުގެ ސަމާލު ކަމަށް އައުމާއެކު ވަގުތުން އެ ފޯމު ބާޠިލް ކޮށްފައިވާ ކަމަށެވެ.
އެ ފޯމުގެ ސަބަބުން އޭނާ މިހާރު އަދާކުރަމުންފދާ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ކަމުގެ ގޮނޑިއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ވެސް އީސީން ބުންޏެވެ.
އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރުންނާއި ބައެއް މަޖިލިސް މެންބަރުން ވަނީ ޕީއެންސީން ހުށަހެޅި ފޯމުތައް އަލުން ބަލައިދިނުމަށް ބުނެފައެވެ.









