މާލޭގެ ކެފޭއެއްގައި އިން މީހަކު ރޭ ކުއްލިޔަކަށް މަރުވެއްޖެއެވެ.
މި ހާދިސާ ހިނގީ މާފަންނުގައި ހުރި ކެފޭއެއްގައެވެ.
ފުލުހުން ބުނީ ކެފޭގައި އިންދާ ޚަބަރު ހުސްވެގެން މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭނާ މަރުވެފައި ވާކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުންޏެވެ. އެއީ މ. މޫން ޑްރޮޕްސް، އަހުމަދު ޝަރީފް (58އ)އެވެ.
އޭނާ މަރުވި ސަބަބެއް ނޭނގެއެވެ.









