އައްސޭރި ޖަލުގެ ޚިދުމަތަށް 16 އަހަރު ފުރުން ފާހަގަކޮށްފި

އަހްމަދު އީޒާން | 116 ދުވަސް ކުރިން - 13 ޖެނުއަރީ 2025 15:47
އައްސޭރި ޖަލަށް 16 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު. / ފޮޓޯ: ކަރެކްޝަންސް
އައްސޭރި ޖަލަށް 16 އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު. / ފޮޓޯ: ކަރެކްޝަންސް
ޚުލާސާ

އެ ރަސްމިއްޔާތުގައި، އައްސޭރި ޖަލުގެ އޮފިސަރުންނަށް ވަނީ ކުލަ އާއި މެޑަލް ޙަވާލުކޮށްފައި.

ކ. ހިންމަފުށީގައި ހުންނަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އައްސޭރި ޖަލުގެ 16 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ޖަލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފިއެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރެވެ.

ކޮމިޝަނަރުގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް އިބްރާހިމް މުހައްމަދު ދީދީ އާއި އައްސޭރި ޖަލުގެ ޑައިރެކްޓަރު އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިސްމާއިލް ނަސީރު އާއި ކޮމިޝަންޑް އޮފިސަރުންނާއި ދައުވަތު އެރުވި މެހެމާނުންނާއި އައްސޭރި ޖަލުގެ ގިނަ ޢަދަދެއްގެ އޮފިސަރުން ވެސް ބައިވެރިވިއެވެ.

ކެރެކްޝަންސް އިން ބުނީ ޕްރިޒަންސް ކޮމިޝަނަރު ހަސަން ޒަރީރު، އައްސޭރި ޖަލުގެ އަހަރީ ދުވަހުގެ ތަހުނިޔާ އެ ޖަލުގެ ސީނިއާ މެނޭޖްމަންޓަށާއި އޮފިސަރުން އަދި މުވައްޒަފުންނަށް އަރިސްކުރައްވައި، ކޮށްދެއްވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރެއްވި ކަމަށެވެ.

އެ ރަސްމިއްޔާތުގައި، އައްސޭރި ޖަލުގެ އޮފިސަރުންނަށް ވަނީ ކުލަ އާއި މެޑަލް ހަވާލުކޮށްފައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އެ ރަސްމިއްޔާތު ނިންމާލާފައިވަނީ ދުވަހުގެ ޚާއްސަ ކޭކު ފެޅުމަށް ފަހުގައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%