ސިހުރު މައްސަލާގައި މީދޫ އާއި އަލިފުށިން 12 ގެއެއް ފާސްކޮށްފި

އަހްމަދު އީޒާން | 280 ދުވަސް ކުރިން - 13 ޖެނުއަރީ 2025 12:32
ރ. މީދޫ. / ފޮޓޯ: ވިޒިޓް މީދޫ ފޭސްބުކް ޕޭޖް
ރ. މީދޫ. / ފޮޓޯ: ވިޒިޓް މީދޫ ފޭސްބުކް ޕޭޖް
ޚުލާސާ

ފުލުހުން ބުނީ މީދޫން ހަތް ގެއަކާއި އަލިފުށިން ފަސް ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް. ފާސްކުރި ގެތަކުން މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން އަދި ނުބުނޭ.

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އިއްޔެ ފާސްކުރަން ފެށި ރ. މީދޫ އާއި އެ އަތޮޅު އަލިފުށިން 12 ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ މީދޫން ހަތް ގެއަކާއި އަލިފުށިން ފަސް ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ފާސްކުރި ގެތަކުން މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން އަދި ނުބުނެއެވެ. އަދި އެ ގެތަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ފެނުނު ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން އަދި ނުބުނެއެވެ.

އެ ދެ ރަށުގެ ގެތައް ފާސްކުރަން ފުލުހުން އިއްޔެ ހަވީރު ފެށީ ސިހުރު ހަދާ ކަމަށް ރިޕޯޓްކުރުމުންނެވެ.

އެ ދެ ރަށުގައި ސިހުރު ހަދާ ކަމަށް ބުނާ މައްސަލަ ބޮޑުވެ ސޯޝަލް މީޑިއާގައި ވެސް ވަރަށް ގަދައަށް އެ ވާހަކަ ދެކެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%