އެމެރިކާގެ ކެލިފޯނިއާގައި ފެތުރެމުންދާ އަލިފާންގަނޑުތަކާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި، އެ ސްޓޭޓުގެ އަލިފާން ނިއްވުމުގެ ނިޒާމުގެ ނާޤާބިލުކަން ހާމަވެއްޖެއެވެ.

އެމެރިކާގެ އެކި ސިޓީތަކުން ކެލިފޯނިއާއަށް އައިސް އެކި ފޯސްތަކުން ކުރަމުންދާ މަސައްކަތުން 10 އިންސައްތަ މިހާރު ވަނީ ނިއްވާލާފަ.
މިހާތަނަށް އަލިފާން ގަނޑު ފެތިރެން ފެށުމުން 24 މީހުން މަރުވެފައިވާއިރު، ރިޕޯޓުތަކުން ދައްކާ ގޮތުގައި، ކެލިފޯނިއާގައި ޤާއިމުކޮށްފައިވާ އަލިފާން ނިއްވުމުގެ ނިޒާމުގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. ގިނަ ހައިޑްރަންޓުތައް މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓާފައި ނުވާކަން އެނގުނީ އަލިފާނާއި ދެކޮޅަށް މަސައްކަތް ކުރަން ޖެހުމުންނެވެ.
ކެލިފޯނިއާ ފަދަ ބޮޑު އަދި މުއްސަނދި ސްޓޭޓެއްގެ ސިވިލް ޑިފެންސްގެ ބަޖެޓަކީ އެންމެ 11 މިލިއަން ޑޮލަރު ކަމަށްވުމާއެކު، މިފަދަ ބޮޑު ކާރިސާއަކާއި ކުރިމަތިލުމުގެ ޤާބިލުކަން އެ ސިޓީއަށް ނެތްކަން ރިޕޯޓުތަކުގައި ވަނީ ފާހަގަ ކޮށްފައެވެ.
12000 ގެ އަނދައި ހުލިވިއިރު، އަލިފާން ނިއްވުމުގެ މަސައްކަތުގައި ބާލިދީ ބޭނުންކުރަން ޖެހުމަކީ، އެމެރިކާގެ އެންމެ މުއްސަނދި ސްޓޭޓުގެ މަދަނީ ނިޒާމުގެ ބަލިކަށިކަން ދައްކުވައިދޭ ކަމެއް ކަމަށް ވެއެވެ. މީގެ އިތުރުން، އަލިފާން ނިއްވުމުގެ މަސައްކަތުގައި މުއްސަނދިންގެ ގެތައް ސަލާމަތްކުރުމަށް އިސްކަންދީ، އާންމުންގެ ގެދޮރަށް އަޅާނުލާކަމުގެ ޝަކުވާތައް ވެސް ވަނީ އުފެދިފައެވެ.
އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތަކުން އެންމެ 10 އިންސައްތަ އަލިފާން ވެސް ނިއްވާނުލެވޭ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިހާރު އެހެން ސްޓޭޓުތަކުގެ ކަމާބެހޭ އިދާރާތަކުގެ މީހުންނާއި، އެމެރިކާގެ ނެޝަނަލް ގާޑުންގެ ލަޝްކަރު އަދި ވައިގެ ސިފައިން ވެސް މި މަސައްކަތުގައި ބައިވެރިވެފައިވީ ނަމަވެސް، އަލިފާންގަނޑުތައް ކޮންޓްރޯލް ކުރުމުގައި ދަތިތަކާއި ކުރިމަތިވަމުންދެއެވެ.
ކެލިފޯނިއަށް ލިބުނު ގެއްލުންތަކުގެ ޢަދަދު 150 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.









