Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެންޑީއެމްއޭއިން އިލްތިމާސްކޮށްފި

އަައިޝަތު ޒީނާ
557 ދުވަސް ކުރިން - 12 ޖެނުއަރީ 2025 20:46
މިފަހުން ރާއްޖެއަށް ކުރި ވިއްސާރާގައި ރަށެއްގައި ފެންބޮޑުވެފައި. / ފޮޓޯ: އެންޑީއެމްއޭ
މިފަހުން ރާއްޖެއަށް ކުރި ވިއްސާރާގައި ރަށެއްގައި ފެންބޮޑުވެފައި. / ފޮޓޯ: އެންޑީއެމްއޭ
ޚުލާސާ

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަޙައްދުގައި ބޯ ވިއްސާރަވިލާ އުފެދި މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައި.

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި ރާއްޖޭގެ ސަރަޙައްދުގައި ބޯ ވިއްސާރަވިލާ އުފެދި 13 ޖަނަވަރީ އިން ފެށިގެން 18 ޖަނަވަރީއާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުޞަތު އޮތް ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މޫސުން ގޯސްވެ ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ގޯތިގެދޮރާއި މުދަލަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ތިރީގައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭއިން ވަނީ އިރުޝާދު ދީފައެވެ.

Advertisement

Advertisement 1

-ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ސަމާލުވެ، ގެއަށް ފެން ނުވަންނާނެހެން ކުރިޔާލާ ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން.

-ފެންބޮޑުވާ ސަރަޙައްދުތަކުގައި ސައިކަލުފަދަ ތަކެތި ޕާކު ނުކުރުން.

-ފިހާރާ، ގުދަން، ރެސްޓޯރަންޓް އަދިވެސް އަގުބޮޑެތި މުދާ ރައްކާކުރެވިފައިވާ ތަންތަނާއި މުދަލަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.

-ފެންބޮޑުވެ ގެއްލުން ލިބޭ ހިސާބުގައި ހުންނަ ކާޑުގެ ބާވަތްތަކާއި އަދި ހިފާގެންގުޅޭ ތަކެތި (ދޮންނަ މެޝިން، އައިސް އަލަމާރި ފަދަ ތަކެތި) ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ނުވަތަ ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން.

-ވައި ގަދަވާނެ ވާނެ ކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން. އެގޮތުން ޚާއްސަކޮށް ގަދަވައިގެ ސަބަބުން އެއްލާލަފާނެ ފަދަ ތަކެތި ރައްކާތެރިކުރުން.

-ބޭނުން ނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން.

-ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ކަމާ ބެހޭ އިދާރާތަކުން ހޯދުން. އަދި ދަތުރަށް ފެށުމުގެ ކުރިން މުވާސަލާތީ ވަޞީލަތްތަކާއި ސަލާމަތީ އާލާތްތައް ހުރިކަން ކަށަވަރުކުރުން.

-ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލާ ކަންކަން އިންތިޒާމްކުރުން.

-ޚާއްސަކޮށް މާލޭގައި ފެންބޮޑުވެފައިވާ ޙާލަތެއްގައި ބަރު އުޅަނދުތައް ނުދުއްވުން.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށްއެދި އެންޑީއެމްއޭގެ އިލްތިމާސްއެއް

75 ދުވަސް ކުރިން - 15:19

ހިޔާ ޓަވަރުގެ އަލިފާނުގެ ހާދިސާ އާ ގުޅިގެން 140 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފި

ހިޔާގެ އަލިފާނުގެ ހާދިސާ: 140މީހަކަށް ވަގުތީ ބޯހިޔާވަހިކަން

173 ދުވަސް ކުރިން - 22:34

ހިޔާ އަލިފާނުގެ ހާދިސާގައި 38 ފްލެޓަކަށް ގެއްލުން ލިބުނު

ހިޔާ އަލިފާނުގެ ހާދިސާގައި 38 ފްލެޓަކަށް ގެއްލުންވި

173 ދުވަސް ކުރިން - 14:24

ވިނަރެސް ގައި ރޯވުމުން ވަގުތީބޯހިޔާވަހިކަން ހަމަޖައްސައިދީފި

ވިނަރެސް ގައި ރޯވުމުން ވަގުތީބޯހިޔާވަހިކަން ހަމަޖައްސައިދީފި

395 ދުވަސް ކުރިން - 14:41

މާލޭގެ ބައެއް ގޭގެއިން ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީ ހިޔާތަކަށް

508 ދުވަސް ކުރިން - 12:16

ހަދަން ފަށާފައިވާ ޢިމާރާތެއްގެ ފާރު ވެއްޓި، ޖެހިގެން ހުރި ގެއަށް ގެއްލުންވެއްޖެ

ޢިމާރާތެއްގެ ފާރު ވެއްޓި، ޖެހިގެންހުރި ގެއަށް ގެއްލުންވެއްޖެ

532 ދުވަސް ކުރިން - 00:44