ސިހުރު ހަދާތީ ރ. މީދޫއާއި އަލިފުއްޓަށް ފުލުހުން އަރައިފި

އައިޝަތު އީމާން | 281 ދުވަސް ކުރިން - 12 ޖެނުއަރީ 2025 19:39
ފޮޓޯ: ޕޮލިސް
ފޮޓޯ: ޕޮލިސް
ޚުލާސާ

ފުލުހުންގެ ބުނީ އެ ދެރަށުގައި ސިހުރު ހަދާ ކަމަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ހިންގާ ކަމަށާއި އެކަމުގެ މަޢުލޫމާތު ފަހުން ދެއްވާނެ ކަމަށް.

ސިހުރު ހަދާކަމަށް ބުނެ ދެ ރަށަކަށް ފުލުހުން އަރައިފިއެވެ.

ސިހުރު ހަދާކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގަމުން ދަނީ ރ. އަލިފުއްޓާއި އެއަތޮޅު މީދޫގައެވެ.

ފުލުހުންގެ ބުނީ އެ ދެރަށުގައި ސިހުރު ހަދާ ކަމަށް ލިބުނު މަޢުލޫމާތާއި ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ހިންގާ ކަމަށާއި އެކަމުގެ މަޢުލޫމާތު ފަހުން ދެއްވާނެ ކަމަށެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ހުސްވި މަހު އައްޑޫ ސިޓީ މަރަދޫ ގެއެއް ވެސް ސިހުރުގެ މައްސަލައިގައި ފުލުހުން ބަލައި ފާސްކުރިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%