ޢުމްރާއަށް ދިޔަ ދިވެއްސަކަށް ނިއުމޯނިއާ ޖެހިގެން ފަރުވާދެމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މިނިސްޓަރ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޢުމްރާގެ އަޅުކަން އަދާކުރަން އައި އުމުރުން 85 އަހަރުގެ ފިރިހެން ބޭފުޅަކަށް ނިއުމޯނިޔާ ޖެހިފައިވާ ކަމަށާއި މައްކާގެ ނޫރު ހޮސްޕިޓަލްގެ އައިސީޔޫގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެމީހާ ގެނައި ގްރޫޕުން އޭނާއަށް ވަރަށް ރަނގަޅު ކަމަށެވެ. އަދި ޢާއިލާގެ މީހަކު ގާތުގައި މިވަގުތުގައި ނެތް، ނަމަވެސް އޭނާގެ ދަރިޔަކު މާދަމާ މައްކާއަށް ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެ ދަރިފުޅާވެސް މިނިސްޓަރ މިއަދު ވާހަކަ ދައްކަވާފައިވާ ކަމަށާއި، މިކަންތައް ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.









