މި އަހަރުގެ މިހާތަނަށް 69،000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކުރި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އިއްޔެގެ ނިޔަލަށް ވަނީ ޖުމްލަ 69،553 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 63,141 ޓޫރިސްޓުންނެވެ. އެހެންވެ، މިއީ 10.2 ޕަސެންޓުގެ ކުރިއެރުމެކެވެ.
މި އަހަރުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެއީ 11،367 ޓޫރިސްޓުންނެވެ. ދެން އެންމެ ގިނައިން ޓޫރިސްޓުން އައި އިޓަލީން ވަނީ 8،499 މީހުން އައިސްފަ އެވެ. ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 5،537 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށް، ބޮޑު ރެކޯޑެއް ވަނީ ހަދައިފަ އެވެ. ސަރުކާރުގެ މި އަހަރުގެ އަމާޒަކީ 2.2 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމެވެ.









