ދަ ޑިމޮކްރެޓްސްގެ ހިންގުން އަލައިކާ އާއި ފިރުޝާން ހަވާލުވެއްޖެ

އައިޝަތު އީމާން | 323 ދުވަސް ކުރިން - 11 ޖެނުއަރީ 2025 23:18
ދަ ޑިމޮކްރެޓްސްގެ ހިންގުން ވަގުތީ ގޮތުން ޙަވާލުވި ނައިބު ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާން އަދި ހުސެއިން ފިރުޝާން.
ދަ ޑިމޮކްރެޓްސްގެ ހިންގުން ވަގުތީ ގޮތުން ޙަވާލުވި ނައިބު ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާން އަދި ހުސެއިން ފިރުޝާން.
ޚުލާސާ

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދެ ދުވަހެއްގެ ތެރޭގައި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީއެއް ބާއްވައި، ޕާޓީ ހިންގާނެ ގޮތަކާއި އަދި ވަގުތީ ރައީސަކު އައްޔަނު ކުރުމާއި މެދު ގޮތްތަކެއް ނިންމާނެ.

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އެ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ޕާޓީގެ ހިންގުން ވަގުތީގޮތުން ނައިބު ރައީސުންނާއި ހަވާލުވެއްޖެއެވެ. މިގޮތުން ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން، ޕާޓީގެ ހިންގުން ވަގުތީގޮތުން ހަވާލުވެފައިވަނީ ނައިބު ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާން އަދި ހުސެއިން ފިރުޝާނާއެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދެ ދުވަހެއްގެ ތެރޭގައި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީއެއް ބާއްވައި، ޕާޓީ ހިންގާނެ ގޮތަކާއި އަދި ވަގުތީ ރައީސަކު އައްޔަނު ކުރުމާއި މެދު ގޮތްތަކެއް ނިންމާނެއެވެ.

ދަ ޑިމޮކްރެޓްސްގެ ލީޑަރޝިޕުން މާދަމާ މެންދުރު 2:30 ގައި ގ. ބޮޑުފެންވަޅުގޭގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުން އިސްތިއުފާ ދެއްވި ހަސަން ލަތީފް އެމްޑީޕީއާ ގުޅެން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ޑިމޮކްރެޓްސްގެ ނައިބު ރައީސް ހަސަން ޝިފާޒް އާއި ރިޔާސީ އިންތިޚާބުގައި ރަނިންގމޭޓަކަށް ކުރިމަތިލެއްވި ހުސެއިން އަމްރު އަދި ކުރީގެ މެންބަރު އަލީ އާޒިމް އިއްޔެ ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފައެވެ.

           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%