މާލޭގައި ގެއެއް އިމާރާތްކުރަމުންދަނިކޮށް، އެ ގެއާއި ޖެހިގެން ހުރި ގެއެއްގެ ބައެއް މިއަދު ގަނބައިގެންގޮސް، އެ ގޭގައި ދިރިއުޅޭ މީހުން އެހެން ތަނަކަށް ބަދަލުކުރަން ޖެހިއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މާފަންނު އިއްޒުއްދީން މަގުގައި ހުންނަ މ. ނެވިގޭޓާ އިމާރާތްކުރަމުންދަނިކޮށެވެ.
މާލޭ ސިޓީ ކައުންސިލުން ހާމަކުރި ގޮތުގައި މ. ނެވިގޭޓާ އިމާރާތްކުރަމުން ދަނިކޮށް، އެ ގެއާ ޖެހިގެން ހުރި މ. ލަކީ ހެވަންގެ ބައެއް ގަނބައިގަނެ އަޑިއަށް ގޮސްފައިވަނީ. މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
މިކަން ހިނގަން މެދުވެރިވީ ނެވިގޭޓާގެ އިމާރާތްކުރަމުން ދިޔައިރު، ޝީޓް ޕައިލް ނުކޮށް ހުރުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ލަކީ ހެވަންގޭގެ ފާރުތަކުގައި ރެނދުލައި އަޑިއަށް ދާކަން ފާހަގަކުރެވުމުން، އެގޭގައި ދިރިއުޅޭ މީހުން ވަނީ އެހެން ތަނަކަށް ބަދަލު ކޮށްފައެވެ.
ލަކީ ހެވަންގޭގައި ދިރިއުޅެ މީހުން:
- ހަތަރު އާއިލާގެ 18 އަހަރުން ދަށުގެ ތިން ކުދިންނާއި ހަ މީހުން.
- ދެ ކޮޓަރީގައި ކުއްޔަށް އުޅެމުންދިޔަ ބިދޭސީން ތިބިއެވެ.
ސިޓީ ކައުންސިލުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި، މި މައްސަލައާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށެވެ.









