Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިއްޔެ އެންމެ ވިއްސާރަކުރީ މާލެއަށް، 130 މިލިމީޓަރުގެ ވާރޭ ވެހުނު!

އިއްޔެ އެންމެ ވިއްސާރަކުރީ މާލެއަށް، 130 މިލިމީޓަރުގެ ވާރޭ ވެހުނު!

އަހްމަދު އީޒާން
604 ދުވަސް ކުރިން - 11 ޖެނުއަރީ 2025 10:09
މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ / ފޮޓޯ: އެމްއެންޑީއެފް
މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ / ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

މެޓް އޮފީހުން ބުނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށާއި އެއީ 130.7 މިލިމީޓަރުގެ ވާރޭ ކަމަށް.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓް އޮފީހުން ބުނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހުނީ މާލެއަށް ކަމަށާއި އެއީ 130.7 މިލިމީޓަރުގެ ވާރޭ ކަމަށެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުލެއަށެވެ. ހުޅުލެއަށް ވަނީ 79.5 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. އަދި، ތިންވަނަށް އެންމެ ގިނައިން ވާރޭ ވެހުނު އއ. ތޮއްޑުއަށް 70.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ރެކޯޑްތަކުން ދައްކަ އެވެ.

Advertisement

Advertisement 1

މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭ ވެހި، ފެންބޮޑުވާނެ ކަމަށް ލަފާކޮށް އއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރޭ ފަތިހު 4:45 އިން މިއަދު ހެނދުނު 8:45 އަށް އޮރެންޖް އެލާޓެއް ވެސް ނެރެފަ އެވެ.

މާލެއަށް ރެއިން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވި އެވެ. އަދި މިއަދުގެ ހެނދުނު ނުވަޔަކާ ހަމައަށް 13،000 ޓަނުގެ ފެން ބޭރުކޮށްފައިވާ ކަމަށާއި 58 ގެއަކަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި މަހުގެ ތިންވަނަ ދުވަހު ވެސް މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި، އެ ފަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެއަށް އެންމެ ގެއްލުން ބޮޑުވި ފަހަރެވެ.

އެމްއެންޑީއެފްނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

ނިމިދިޔަ ހަފްތާ ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ރިޕޯޓުކުރި: އެމްއެންޑީއެފް

1 ދުވަސް ކުރިން - 13:15

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ ހޫނުމިން މަތިވާނެތީ ދުރާލާ ތައްޔާރުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

10 ދުވަސް ކުރިން - 11:04

ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭ އިން އެހީތެރިކަން ފޯރުކޮށްދެނީ

އަލިފާނުގެ ހާދިސާއާ ގުޅިގެން 26 މީހަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދެނީ

14 ދުވަސް ކުރިން - 09:27

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް އެމްއެންޑީއެފުން ފަޔަރ ސޭފްޓީ ކުލާހެއް ނަގައިދީފި

ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ, ލިޓްލް މެއިޑުންނަށް ފަޔަރ ސޭފްޓީ ކުލާހެއް

15 ދުވަސް ކުރިން - 15:51

"ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ހާދިސާ: ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައިފި

21 ދުވަސް ކުރިން - 10:07

ގ.ކްރެބް ޓްރީ ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

ކޮޓަރިއެއްގައި ހުރި ކަރަންޓް ސޮކެޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފުން ނިއްވާލައިފި

22 ދުވަސް ކުރިން - 13:21