މާލެއިން މިހާތަނަށް 13،000 ޓަނުގެ ފެން ބޭރުކޮށް، 58 ގެއަކަށް އެހީވެއްޖެ

އަހްމަދު އީޒާން | 323 ދުވަސް ކުރިން - 11 ޖެނުއަރީ 2025 10:14
މާލެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ / ފޮޓޯ: އެމްއެންޑީއެފް
މާލެއިން ފެން ހިންދުމުގެ މަސައްކަތް ސިފައިން ކުރަނީ / ފޮޓޯ: އެމްއެންޑީއެފް
ޚުލާސާ

ސިފައިން ބުނީ މާލެ އިން ފެން ހިންދުމަށް 8 ސަރަހައްދެއްގައި 19 ޕަންޕު ޖަހައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް.

މާލެއަށް ރެއިން ފެށިގެން މެދުނުކެނޑި ވެހުނު ވާރޭގައި މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވާއިރު، މިއަދުގެ ހެނދުނު ނުވަޔަކާ ހަމައަށް 13،000 ޓަނުގެ ފެން ބޭރުކޮށް، ގިނަ ގޭގެއަށް އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސިފައިން ބުނީ މާލެ އިން ފެން ހިންދުމަށް 8 ސަރަހައްދެއްގައި 19 ޕަންޕު ޖަހައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާތަނަށް 58 ގެއަކަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ވަނީ ރޭ ފަތިހު 4:45 އިން މިއަދުގެ ހެނދުނު 8:45 އާ ހަމައަށް އއ. އާއި އދ. އަތޮޅަށް އޮރެންޖު އެލާޓެއް ނެރެފަ އެވެ. އެހެންވެ، އެ ސަރަހައްދަށް ގުގުރައި، ބޯކޮށް ވާރޭ ވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރެވުނެވެ.

މި މަހުގެ ތިންވަނަ ދުވަހު ވެސް މާލެއަށް ވަރަށް ބޯކޮށް ވާރެ ވެހި، ގިނަ މަގުތަކުގައި ފެން ބޮޑުވެ، ގޭގެއަށް ވަރަށް ބޮޑެތި ގެއްލުންތައްވި އެވެ. ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި، އެ ފަަހަރު ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށާއި އެއީ މިހާތަނަށް ވިއްސާރާގައި މާލެ އަށް އެންމެ ގެއްލުން ބޮޑު ފަހަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%